logo
Bank of Maldives

Bank of Maldives

ޚަބަރު

އެލްޖީއޭގެ އެންގުން ބޮލާލައި ޖެހުމަށް ފަހު ފީއަލީ ވޮލީ ކޯޓު ހުޅުވައިފި

އާމިނަތު ޝަފާ
11 ސެޕްޓެމްބަރު 2025 - 13:15
އެލްޖީއޭގެ އެންގުން ބޮލާލައި ޖެހުމަށް ފަހު ފީއަލީ ވޮލީ ކޯޓު ހުޅުވައިފި

ފ.ފީއަލީ ވޮލީ ކޯޓު ހުޅުވުން މިވަގުތައް މަޑުޖައްސާލަން ލޯކަލް ގަވަރމެންޓް އޮތޯރިޓީ- އެލްޖީއޭއިން އަންގާފައިވަނިކޮށް އެލްޖީއޭގެ އެންގުން ބޮލާލައި ޖެހުމަށްފަހު ވޮލީ ކޯޓު ހުޅުވައިފިއެވެ.

ފީއަލީ ކައުންސިލުގެ ދައުވަތަކަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމްވަނީ މިއަދު އެރަށަށް ވަޑައިގެންފައެވެ. މި ދަތުރުގައި ފީއަލީގައި ތިއްބެވި އެ ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް ކުރިއަށް ހުރި ޕާޓީގެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެކަމަށް އެޕާޓީންވަނި ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފީއަލީ ވޮލީ ކޯޓު ހުޅުވުމުގެ މަސައްކަތްތައްވެސް މި ދަތުރުގެ ތެރެއިން ކުރިއަށްގެންގޮސްފައިވާއިރު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެލްޖީއޭއިންވަނީ ވޮލީ ކޯޓު ހުޅުވުން މިވަގުތައް މަޑުޖައްސާލަން އަންގާފައެވެ.

ވޮލީ ކޯޓު ހުޅުވުން މިވަގުތައް މަޑުޖައްސާލަން އަންގައި އެލްޖީއޭއިން އެ ކައުންސިލަށް ފޮނުވި އެންގުމުގައިވަނީ ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަށަލައަކަށްވެފައި، ދައުލަތުން ކައުންސިލްތަކަށް ދެއްވާ ގްރާންޓާއި، ކައުންސިލްތަކުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި އަދި މިފަދަ މަޝްރޫޢުތައް ނިމުމުން މަޝްރޫޢުތައް އިފްތިތާޙުކުރުން ނުވަތަ ހުޅުވުން ފަދަ ކަންކަން ކުރަންވާނީ ސަރުކާރާއި މަޝްވަރާކޮށް، ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

" އެހެންކަމުން، ތިޔަ ކައުންސިލުން ތަރައްޤީކޮށްފައިވާ ވޮލީކޯޓު ހުޅުވުމުގައިވެސް އިސްވެ ދެންނެވުނު ގޮތުގެ މަތިން ޢަމަލުކުރެއްވުމަށާއި، މިވަގުތު ވޮލީކޯޓު ހުޅުވުމުގެ ކަންކަން މަޑުޖައްސާލުމަށް ދަންނަވަމެވެ. " އެލްޖީއޭގެ ބަޔާނުގައިވެއެވެ.

އަދި މިކަމަކީ ޒުވާނުންނާއި ގުޅުންހުރި މުހިއްމުކަމަކަށްވެފައި، ވީހާވެސް އަވަހަކަށް ވޮލީކޯޓު ހުޅުވާ، ޒުވާނުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި ކުޅިވަރާބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން ވޮލީކޯޓު ހުޅުމުގެ ކަންކަން އިންތިޒާމް ކުރުމަށް އެލްޖީއޭއިންވަނީ އަންގާފައެވެ.

ފަހަކަށް އައިސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން އަންނަނީ އެރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް އިފްތިތާހުކުރުމަށް އެމްޑީޕީގެ އިސްފަރާތްތަކަށް ދައުވަތުދެމުންނެވެ. މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ފ.މަގޫދޫ ކައުންސިލުގެ ދައުވަތަކަށް އެ ރަށަށް ވަޑައިގެން އެރަށު ދަތުރުވެރިންގެ ހިޔާ އާއި ލައިސަންސް ޓްރެކް ރަސްމީކޮށް ހުޅުވާދެއްވާފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަރިޕޯޓް | 3 ދުވަސް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 3 ދުވަސް ކުރިން''އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިންމާލީ އިސްލާމް ދީނަށް ޖޯކު ޖެހި މީހުންނަށްރައްޔިތުންގެ ފައިސާއިން މުސާރަ ދެމުން''ޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީއަކީ ފަނާކުރުވަނި ފިކުރެއް، ޕީއެންސީ އަކީ ބިނާކުރުވަނިވި ފިކުރު: ރައީސްޚަބަރު | 6 ދުވަސް ކުރިން