logo
Bank of Maldives

Bank of Maldives

ޚަބަރު

ދޮންފަނު ކައުންސިލުން ނިންމީ ޤާނޫނާ ޚިލާފު ނިންމުމެއް: އެލްޖީއޭ

އާމިނަތު ޝަފާ
11 ސެޕްޓެމްބަރު 2025 - 17:54
ދޮންފަނު ކައުންސިލުން ނިންމީ  ޤާނޫނާ ޚިލާފު  ނިންމުމެއް: އެލްޖީއޭ

ބ. ދޮންފަނު ފަރުން ފެށިގެން 700 މީޓަރު ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރަން އެ ރަށު ކައުންސިލުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ- އެލްޖީއޭއިން ބުނެފިއެވެ.

ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން, ރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުންވަނީ މަނާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ ކައުންސިލުގެ އިޚްތިޞާޞް ބޭނުންކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56-3 މާއްދާގެ (ހ) ގައި ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަޙައްދުތައް ވަކި ކައުންސިލެއްގެ އިޚްތިޞާޞްކަމުގައި ކަނޑައެޅިފައިވިޔަސް، އެތަންތަނުގައި ޤާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން، އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

މި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކުރާއިރު، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކޮށް ދޮންފަނު ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް އެލްޖީއޭގެ ބަޔާނުގައިވެއެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިޚްތިޞާޞް ކައުންސިލަށް ލިބިގެންނުވާތީ ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާޠިލުކުރުމަށް އެލްޖީއޭއިންވަނީ އަންގާފައެވެ.

ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ހިންގެވުމަށް ނިންމެވި ބިންހިއްކުމުގެ މަޝްރޫޢު ހިންގަން މިހާރު އެ ރަށު ރައްޔިތުން ބޭނުން ނުވާތީ، ދެން އެ މަޝްރޫޢު ކުރިއަށް ނުގެންދަވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދޮންފަނު ބަނދަރު ނެރު ބަދަލުކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ކުރިން އޮތީ ނިންމާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފިޚަބަރު | 2 މަސް ކުރިންއަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މެއި 17 ގައި!ޚަބަރު | 2 މަސް ކުރިންއެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިންސަރުކާރަށްވުރެ ކައުންސިލްތައް ބާރުގަދަ، ޔޫތު އެސޯސިއޭޓްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަނީޚަބަރު | 9 މަސް ކުރިން