logo
MPL

MPL

ޚަބަރު

އެމްޑީޕީއަށް ސޮއިކުރި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ

ޒިދާން މުޙައްމަދު
3 ޖުލައި 2026 - 17:22
އެމްޑީޕީއަށް ސޮއިކުރި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ

10:22 PM

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުމާ ގުޅިގެން އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކައުންސިލްގެ ދައުރުގެ ތެރޭގައި މެއި މަހުގެ 19 ވަނަ ދުވަހު ޝުޖާއު ވަނީ އެހެން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނިފައެވެ.

މި މައްސަލަ ބެލުމަށްޓަކައި މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އޭނާ މަގާމުން އެކަހެރިވުމަށް އެލްޖީއޭއިން ކުރިން އޮތީ އަންގާފައެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު އެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ، އޭނާގެ މެންބަރުކަމުގެ ގޮނޑި އަމިއްލައަށް ގެއްލޭނެއެވެ.

އެހެންކަމުން، އެލްޖީއޭއިން މިހާރު ވަނީ ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކޮށް ކާމިޔާބީ ހޯދި ޝުޖާއު ފަހުން ގުޅުނީ އެމްޑީޕީއާއެވެ. މިއީ ޕާޓީ ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގައި ކައުންސިލް މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 10 ދުވަސް ކުރިންއެލްޖީއޭގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިޚަބަރު | 22 ދުވަސް ކުރިންއެލްޖީއޭގެ ބޯޑު މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފިޚަބަރު | 3 މަސް ކުރިންއެލްޖީއޭގެ ބޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 4 މަސް ކުރިން