logo
Bank of Maldives

Bank of Maldives

ޚަބަރު

ގިނަ އަދަދެއްގެ ސިނގިރޭޓާއި، 53،000ރ އާއިއެކު ބިދޭސީއެއް ހައްޔަރުކޮށްފި

އައިޝަތު ނަޝާ
13 ސެޕްޓެމްބަރު 2025 - 04:52
ގިނަ އަދަދެއްގެ ސިނގިރޭޓާއި، 53،000ރ އާއިއެކު ބިދޭސީއެއް ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ސިނގިރޭޓާއި ފައިސާއާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ފޭސް1، ކައްނެލި ޖެޓީ ކައިރިން ގަވައިދާ ޙިލާފަށް ސިނގިރޭޓް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭސް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ސައްދާމް ހުސެއިން ނަމަކަށް ކިޔާ މީހެކެވެ.

މީނާ ހައްޔަރު ކޮށްފައިވަނީ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ވަަގުތު، ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން އޭނާ އާޢި އޭނާ ގެންގުޅުނު ތަކެތި ބަލާފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓް ފޮއްޓާއި،ދުންފަތާއި، ސިނގިރޭޓް ފިލްޓަރ އަދި ރިޒްލާ ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި މީގެ އިތުރުން މުޅި ޖުމްލަ 53000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ސިނގިރޭޓް އަނބުރަން ގެންގުޅޭ ފޮށި ފުލުހުންނަށް ވަނީ މީނާގެ އަތުން ފެނިފައެވެ.

އެހެންކަމުން ގަވައިދާ ޙިލާފަށް ސިނގިރޭޓް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އެމީހާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ދިވެހި މުޖުތަމައުއަކީ ދުންފަތުގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް މި ސަރުކާރުން ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއެކު، ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ސިގިރެޓް (އީ-ސިގިރެޓް)، ވޭޕިންގ ޑިވައިސްތައް، އަދި މިފަދަ ޑިވައިސްތަކާއެކު ބޭނުންކުރުމަށް ފަރުމާކުރެވިފައިވާ އުފެއްދުންތައް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ދޫކުރުމާއި އަދި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

އަދި ސިނގިރޭޓު އެތެރެކުރުމަށް ނަގާ ޓެކްސް ބޮޑުކޮށްފައިވާއިރު، މިއާއެކު ވަގަށް ސިނގިރޭޓު އެތެރެކޮށް ނުވަތަ އުފައްދައިގެން، ހުއްދަނެތި އެ ވިޔަފާރިކުރާ ފަރާތްތައް އިތުރުވެގެންދިޔައެވެ. ނަމަވެސް، ކަމާ ބެހޭ މުއައްސަސާތަކުން އަންނަނީ އެފަދަ ކަންކަމާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތައް ހިންގައި، އެފަދަ ކުށްތައް ހުއްޓުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން ހޯދަނީޚަބަރު | 2 މަސް ކުރިންމިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު ހިނގި ޚަބަރު | 2 މަސް ކުރިންވ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިންމައިފިޚަބަރު | 3 މަސް ކުރިން