logo
ޚަބަރު

ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާހަށް އަޕްގްރޭޑެއް

އައިޝަތު ނަޝާ
13 ސެޕްޓެމްބަރު 2025 - 06:09
ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާހަށް އަޕްގްރޭޑެއް

ސިންގަޕޯ އެއާލައިންސުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާސް ސީޓުތަކަށް އިތުރު ޖާގަ ލިބޭ މަތިންދާބޯޓުތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެންނެވެ. މި ބަދަލު ގެނެވޭނީ SQ432/431 ފްލައިޓަށެވެ. މި ފްލައިޓުގައި މިހާރު ބޭނުންކުރާ އެއަރބަސް A350 މީޑިއަމް ހޯލް މަތިންދާބޯޓުގެ ބަދަލުގައި ލޯންގް-ހޯލް ވަރޝަން ބޭނުންކުރަން ފަށާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެނެވުނު ބަދަލުތަކަށް ބަލާލާއިރު، ބިޒްނަސް ކްލާސް އަޕްގްރޭޑްގެ އައު މަތިންދާބޯޓުގައި ހުންނާނީ ސިންގަޕޫރު އެއަރލައިންސްގެ 2013 ވަނަ އަހަރުގެ ލޮންގް-ހޯލް ބިޒްނަސް ކްލާސް ގޮނޑިތަކެވެ. މި ގޮނޑިތައް އަނެއް ފްލައިޓުގައި ހުންނަ ރީޖަނަލް ބިޒްނަސް ކްލާސް ގޮނޑިތަކަށްވުރެ ފުޅާވާނެއެވެ.
އަދި މީގެ އިތުރުން އަޕްގްރޭޑް ކުރެވޭ ބިޒްނަސް ކްލާސް ކެބިންގައި ތިބޭ ހުރިހާ ފަސިންޖަރުންނަށްވެސް ސީދާ އައިލްއަށް ނުކުތުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އަޕްގްރޭޑް ކުރެވޭ ބިޒްނަސް ކްލާސް ކެބިންގައި 42 ގޮނޑި ހުންނާނެއެވެ.އަދި މީޑިއަމް-ހޯލް ވަރޝަންގައި ހުންނަނީ 40 ގޮނޑިއެވެ.

ސިންގަޕޯ އެއާލައިންސުން ގެނައި މި ބަދަލާއެކު އޮސްޓްރޭލިޔާ، ޔޫރަޕު އަދި އެމެރިކާއިން ފަދަ ދުރު ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް މި ބަދަލުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާހަށް އަޕްގްރޭޑެއްޚަބަރު | 7 ގަޑިއިރު ކުރިންސިންގަޕޫރުގެ އިތުރު އިންވެސްޓަރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް - މިނިސްޓަރ ޚަބަރު | 2 މަސް ކުރިންރާއްޖެއަކީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު - އިންވެސްޓަރުން ޚަބަރު | 2 މަސް ކުރިން