logo
ޚަބަރު

ރާއްޖެއަކީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު - އިންވެސްޓަރުން

އަޙްމަދު ޒަލީފް
5 ޖުލައި 2025 - 09:38
ރާއްޖެއަކީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު - އިންވެސްޓަރުން

ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރީ ފަހި އަދި ފަސޭހަ މަރުހަލާތަކެއް ކަމަށާއި، މިއީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު ކަމަށް ރާއްޖެއަށް އިންވެސްޓްކޮށްފައިވާ ބޭރުގެ ބައެއް އިންވެސްޓަރުން ވިދާޅުވެއްޖެއެވެ.

އިންވެސްޓަރުން މިހެން ވިދާޅުވީ ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޭންކެއްކަމަށްވާ އޭރިއަލް ބޭންކު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ ތޯމަސް އެޑެމިއަރ ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ފޯރުކޮށްދޭން ފެށީ 2006 ވަނަ އަހަރު ކަމަށެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ރާއްޖެ ފާހަގަކުރެވެނީ ވަރަށް ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރާއްގެ ގޮތުގައިކަމަށް އެޑެމިއަރ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރީ ފަހި އަދި ފަސޭހަ މަރުހަލާތަކެއް، ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، މިއީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު އިންޑިއަން އޯޝަންގައި." އެޑެމިއަރ ވިދާޅުވިއެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ އަދަދެއްގެ ބީލަންތައް ލިބޭ ކަމަށާއި ބީލަންތަކުގައި ބައިވެރިވުމަށްވެސް ފަސޭހަ މަރުހަލާތަކެއް ރާއްޖޭގައި އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެއްބާރުލުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ-ސިންގަޕޫރު ފޯރަމްގައި ރާއްޖެއާއި ބޭރުގެ އިންވެސްޓަރުން ބައިވެރިވިއެވެ. މިއީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމަށް ބޭއްވި ފޯރަމެކެވެ. ސަރުކާރުން ދަނީ އެކި ޤައުމުތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިންގަޕޫރުގެ އިތުރު އިންވެސްޓަރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް - މިނިސްޓަރ ޚަބަރު | 2 މަސް ކުރިންރާއްޖެއަކީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު - އިންވެސްޓަރުން ޚަބަރު | 2 މަސް ކުރިން