ސިންގަޕޫރުގެ އިތުރު އިންވެސްޓަރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް - މިނިސްޓަރ


05 ޖުލައި 2025 - 10:37
ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެވޭނެކަމުގައި ގަބޫލުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކާފައިވާ ކަމަށާއި، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އަލަށް އިންވެސްޓުކުރުމަށް ހުޅުވާލި ފުރުސަތުތަކާއި، ރާއްޖޭގައި ހަލާލް ޓުއަރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލްތައް އިންވެސްޓަރުންނާ ހިއްސާކުރައްވާފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ފޯރަމްގެ ސަބަބުން ސިންގަޕޫރުގެ އިންވެސްޓަރުންނަށް ދެވުނު މައުލޫމާތާއެކު ރާއްޖެއަށް އިތުރު އިންވެސްޓްތައް ގެނެވޭނެކަމަށެވެ. އަދި މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުންވެސް އެމީހުންގެ އިންވެސްޓްމަންޓްތައް ފުޅާވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ތާރިގް ވިދާޅުވިއެވެ.
ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި މިމަހުގެ އެއްވަނަ ދުވަހު ސިންގަޕޫރުގައި ވަނީ ބިޒްނަސް ފޯރަމެއް ބާއްވާފައެވެ. މި ފޯރަމްގެ ތެރެއިން "ފްރޮމް ފައުންޑޭޝަން ޓު ފިއުޗަރ: އެކްސްޕްލޯރިންގް އިންވެސްޓްމެންޓް ޕާޓްނަރޝިޕްސް،" ޝިއާރުގެ ދަށުން މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔައެވެ. މި މަޝްވަރާގައި ވަނީ، ރާއްޖޭގެ ފުޅާ ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތަކުގެ ފައިދާ ހޯދުމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
މި ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރިއެވެ. މީގެއިތުރުން، މި ފޯރަމްގެ ތެރެއިން އިތުރު ދެއެގްރިމެންޓެއްގައިވެސް ސޮއިކޮށްފައިވެއެވެ.
ހަމައެހެންމެ، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެންދާނެއެވެ.
އިތުރު ލިޔުންތައް

2028 ވަނަ އަހަރުގެ ނޮވެމްބަރަށް 450 މެގަވޯޓު ޤާއިމުކުރަން ޖެހޭ - މިނިސްޓަރ
5 މަސް ކުރިން
ރާއްޖޭގެ ތާރީހީ ތަންތަން މުޅި ދުނިޔެއަށް ދައްކަންޖެހޭ - މިނިސްޓަރ
3 މަސް ކުރިން
ެމެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު މިދަނީ ބަލަމުން - މިނިސްޓަރ
14 ދުވަސް ކުރިން