logo
MPL

MPL

ޚަބަރު

މިދިޔަ ހަފުތާގައި މަސްވެރިންނަށް 6.3 މިލިޔަން ރުފިޔާ ދޫކުރި

ޝަހްޒާ މުހައްމަދު
14 ސެޕްޓެމްބަރު 2025 - 04:09
މިދިޔަ ހަފުތާގައި މަސްވެރިންނަށް 6.3 މިލިޔަން ރުފިޔާ ދޫކުރި

މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 6.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި 160 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި 218 ދޯނީގެ އަދަދާ އަޅާބަލާއިރު 26.6 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޫކޮށްފައިވާ 6،374،926 ރުފިޔާއަކީ، އޭގެ ކުރީ ހަފްތާގައި ދޫކުރި 9،390،235 ރުފިޔާއާ އަޅާބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އެދުވަހު 34 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް ޖުމްލަ 1،476،368 ރުފިޔާ ދޫކޮށްފައިވެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ މިހާރުގެ ސަރުކާރުގެ ބޮޑު އަމާޒެކެވެ. ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ މަހުގެ ބާވަތްތަކެވެ. ސަރުކާރުން މިހާރު ދަނީ މަސް ޕްރޮސެސިންގ އަދި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް ބޮޑު ލުޔެއް، ރަހުނަކާ ނުލައި 4 މިލިއަނާ ހަމައަށް އާރްއެސްޑަބްލިޔު ފައިނޭންސް ދޫކުރަން ފަށައިފިޚަބަރު | 10 ދުވަސް ކުރިން މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | މަހެއް ކުރިންމަސްވެރިންގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންވިލިނގިލީގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއްޚަބަރު | މަހެއް ކުރިން