ސަރުކާރަށްވުރެ ކައުންސިލްތައް ބާރުގަދަ، ޔޫތު އެސޯސިއޭޓްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަނީ
15 ސެޕްޓެމްބަރު 2025 - 04:01

ފ.ފީއަލީ ވޮލީ ކޯޓު ހުޅުވުން މިވަގުތައް މަޑުޖައްސާލަން ލޯކަލް ގަވަރމެންޓް އޮތޯރިޓީ- އެލްޖީއޭއިން އަންގާފައިވަނިކޮށް އެލްޖީއޭގެ އެންގުން ބޮލާލައި ޖެހުމަށްފަހު ވޮލީ ކޯޓު ހުޅުވި މައްސަލަ ވަނީ ބޮޑުވެފައެވެ.
މި މައްސަލައިގެ އިތުރު މައުލޫމާތު ހޯދާލުމަށް މެންދުރުން އެރަށު ޔޫތު އެސޯސިއޭޓް މުހައްމަދު އާމިރުއާ ގުޅާލުމުން ލިބުނީ އަދި މިއަށްވުރެ ބޮޑު ހަބަރެކެވެ.

Ad by Hajj Corporation
ފުރަތަމަވެސް ސުވާލުކޮށް މައުލޫމާތު ހޯދަން ބޭނުންވީ އެލްޖީއޭގެ ނިންމުން ބޮލާލާ ޖެހުމަށްފަހު ވޮލީ ކޯޓު ހުޅުވަން ނިންމި ސަބަބާމެދުގައެވެ.
ޖަވާބުގައި އާމިރު ވިދާޅުވީ އެއީ އޭނާއާ މަޝްވަރާކުރުމެއްނެތި އިދިކޮޅު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ކައުންސިލުން ކުރިކަމެއްކަމުގައެވެ. ރަށުގައި ހިނގާ ކުޅިވަރުގެ ކަންކަމުގައި އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ ކަންކަމުގައި ޔޫތު އެސޯސިއޭޓްގެ ބަހެއް އޮންނަންވާނެ ނޫންތޯ ސުވާލުކޮށްލުމުން އާމިރު ވިދާޅުވީ މަގާމުގައި ހުންނަވަނީ ނަމަކަށް ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން އެމްޑީޕީގެ ކައުންސިލަރުން ފުރުސަތު ނުދެއްވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތެއް ހަމަޖައްސާދިނުމަށް އެދި މި ސަރުކާރުން ސީދާ ރައީސް އޮފީހުން އެންގެވުމުންވެސް އެ އެންގުންވެސް ފީއަލީ ކައުންސިލުން ބޮލާލައި ޖަހާފައިވާކަމަށް ވިދާޅުވިއެވެ.
ވުމާއެކު ކޮންމެ ސަރުކާރެއް އޮތަސް ޔޫތު އެސޯސިއޭޓުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޖާގަ ތަނަވަސްވެފައި އޮންނަންޖެހޭކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.
ފީއަލީ ކައުންސިލުގެ ދައުވަތަކަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އެރަށަށް ކުރެއްވި ޒިޔާރަތުގައި ފީއަލީ ވޮލީ ކޯޓު ހުޅުވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔައެވެ. ފީއަލީ ކައުންސިލުން ވޮލީ ކޯޓު ހުޅުވިއިރު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެލްޖީއޭއިންވަނީ ވޮލީ ކޯޓު ހުޅުވުން މިވަގުތައް މަޑުޖައްސާލަން އަންގާފައެވެ.
ކައުންސިލުން ވޮލީ ކޯޓު ހުޅުވީ އެލްޖީއޭގެ އަމުރަށް ގޮންޖަހާފައެވެ.
ވޮލީ ކޯޓު ހުޅުވުން މިވަގުތައް މަޑުޖައްސާލަން އަންގައި އެލްޖީއޭއިން އެ ކައުންސިލަށް ފޮނުވި އެންގުމުގައިވަނީ ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަށަލައަކަށްވެފައި، ދައުލަތުން ކައުންސިލްތަކަށް ދެއްވާ ގްރާންޓާއި، ކައުންސިލްތަކުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި އަދި މިފަދަ މަޝްރޫޢުތައް ނިމުމުން މަޝްރޫޢުތައް އިފްތިތާޙުކުރުން ނުވަތަ ހުޅުވުން ފަދަ ކަންކަން ކުރަންވާނީ ސަރުކާރާއި މަޝްވަރާކޮށް، ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
" އެހެންކަމުން، ތިޔަ ކައުންސިލުން ތަރައްޤީކޮށްފައިވާ ވޮލީކޯޓު ހުޅުވުމުގައިވެސް އިސްވެ ދެންނެވުނު ގޮތުގެ މަތިން ޢަމަލުކުރެއްވުމަށާއި، މިވަގުތު ވޮލީކޯޓު ހުޅުވުމުގެ ކަންކަން މަޑުޖައްސާލުމަށް ދަންނަވަމެވެ. " އެލްޖީއޭގެ ބަޔާނުގައިވެއެވެ.
އަދި މިކަމަކީ ޒުވާނުންނާއި ގުޅުންހުރި މުހިއްމުކަމަކަށްވެފައި، ވީހާވެސް އަވަހަކަށް ވޮލީކޯޓު ހުޅުވާ، ޒުވާނުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި ކުޅިވަރާބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން ވޮލީކޯޓު ހުޅުމުގެ ކަންކަން އިންތިޒާމް ކުރުމަށް އެލްޖީއޭއިންވަނީ އަންގާފައެވެ.
މައި ސަރުކާރުގެ ބަސް ނުވިކޭގޮތަށް، ކައުންސިލްތަކަކީ ވަކި ސަރުކާރުތަކެއްގެ ގޮތުގައި ހިނގަންޖެހޭނެ ތަންތަނެއްނޫނެވެ. ލާމަރުކަޒީ ނިޒާމަށް ސަރުކާރުން އިސްލާހުތައް ގެނައީވެސް ކައުންސިލްތައް ބާރުވެރިކުރުވާށެވެ. ސަރުކާރުން ދޭ ލުއިތަކުގެ ނާޖާއިޒު މަންފާ ނަގައިގެން ސަރުކާރަށް ޖެއްސުންކުރާކަށް ނޫނެެވެ.

.gif&w=1920&q=75)
