ސޯޝަލް މީޑިއާ ބޭން ކުރާނެ ވާހަކައެއް ނުދައްކާ އެއީ ކަނޑަ އެޅިގެން ދޮގު : ނާޡިމް
14 ސެޕްޓެމްބަރު 2025 - 17:57
މީޑިއާ ކޮންޓްރޯލް ބިލުގައި ސޯޝަލް މީޑިއާ ބޭން ކުރާ ވާހަކަ ނުވަތް ރެގިއުލޭޓް ކުރާ ވާހަކައެއް ނުދައްކަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޡިމް ވިދާޅުވެއެޖެ އެވެ.
ނާޡިމް މި ފަދައިން ވިދާޅުވީ، މީޑިއާ ކޮންޓްރޯލްގެ ބިލާ ގުޅޭ ގޮތުން މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
އެ މަނިކުފާން ވިދާޅުވީ، ސޯޝިއަލް މީޑިއާ ރެގިއުލޭޓް ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެއީ އިނދިކޮޅު ފަރާތް ތަކުން ސްޕިން ޖައްސައިގެން ވިއްކޭނެ އެއްވެސް އެއްޗެއް ނެތުމުން ފަތުރަމުން ދާ ދޮގު ވާހަކަ ތަކެއް ކަމަށެވެ.
"އާންމު މީހާ އަށް ސޯޝިއަލް މީޑިއާގައި ސަރުކާރަށް ފާޑު ނުކިޔޭނެ ކަމަށް ދެކެވޭ ވާހަކަ އަކީ ކަނޑަ އެޅިގެން ދޮގުވާހަކަ އެއް": ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޡިމް
އެ މަނިކުފާން ވިދާޅުވީ، އެ ބިލް ވުޖޫދު ވެގެން އަންނަ އިރު އެކުލަވާލެވިގެން އަންނަ ކޮމިޝަންގެ މެޖޯރިޓީ އޮންނަނީ އަމިއްލަ ނޫސްވެރިންނަށް އަމިއްލަ މީޑީއާ ތަކުން އަންނަ މީހުންނަށް އެކަނި ކަމަށާއި، އެއީ އިލެކްޝަން ކޮމިޝަންތެރެއިން ބާއްވާ އިންތިހާބުގެ ތެރެއިން ހޮވިގެން އަންނަ 4 މީހުންނަށް ކަމަށެވެ. އެހެން ކަމުން އެ 4 މީހުން ގަބޫލު ނުވެ ބްރޯޑްކާސްޓިން ކޮމިޝަނުން އެގޮތަށް ނިންމަވަން އެއްބަސް ނުވާނެ ކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ.
ނާޡީމް ވިދާޅުވީ، ހިތާހިތުގެ ގުޅުން ޖަހާފައިވާ ޓީޝާޓެއް ލައިގެން ނޫސްވެރިކަން ކުރަން ނިކުމެ މިނިވަން ނޫސްވެރިކަމެއް ކުރެވޭނީ ކިހިންތޯ ސުވާލު އުފައްދާފައެވެ.
ނާޒިމް ވިދާޅުވީ، މިނިވަން މުސްތަގިއްލު ނޫސްވެރިކަމެއް ގައުމުގައި އޮތުމަކީ ރައްޔިތުންވެސް އެދޭ އެދުމެއް ކަމަށެވެ.