logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލީހުގެ ތަޅުމަކީ ވަޒީރުންނަށް ފަހި މާހައުލެއް ގޮތުގައި ދަމަހައްޓަން ޖެހޭ: މަޖިލީހުގެ ނައިބު ރައިސް

އައިޝަތު ނަޝާ
23 އޮކްޓޯބަރު 2025 - 03:52
 މަޖިލީހުގެ ތަޅުމަކީ ވަޒީރުންނަށް ފަހި މާހައުލެއް ގޮތުގައި ދަމަހައްޓަން ޖެހޭ: މަޖިލީހުގެ ނައިބު ރައިސް

މަޖިލީހުގެ ތަޅުމަކީ ވަޒީރުންނަށް ފަހި މާހައުލެއް ގޮތުގައި ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ،އަހްމަދު ނާޒިމް މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ވަޒީރު ޖަވާބު ދެއްވި ވަގުތު، ބައެއް މެމްބަރުން އަޑު ގަދަކޮށް ޖަލްސާގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރުމުގެ ސަބަބުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ އިތުރަށް ވިދާޅުވީ،ވަޒީރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ކުރައްވަނީ،މަޖިލީހުގެ މެމްބަރުން ވަޒީރުން މަޖިލީހަށް ވަޑައިނުގަންނަވާތީ އެކަމާމެދު ޝަކުވާ ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ކަމަށާއި،އެހެންކަމުން މެމްބަރުން ކުރައްވާ ސުވާލުތަކަށް ވަޒީރުން ކޮންމެ ޖަވާބެއް ދެއްވި ކަމުގައިވިޔަސް، އެ ޖަވާބު އަޑުއެހުމުގެ ޤާބިލްކަން މެމްބަރުންގެ ކިބައިގައި ހުންނަން ވާނެ ކަމަށެވެ.

ވަޒީރުން މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަނީ ޤާނޫނީ ގޮތުން އެ ބޭފުޅުން އަދާކުރަން ޖެހޭ ޒިންމާތަށް އަދާކުރަން ކަމުގައި ފާހަގަ ކުރައްވާ ނާޒިމް އިތުރަށް ވިދާޅުވީ،ވަޒީރުން މަޖިލީހަށް ވަޑައިގަންނަވާއިރު އެބޭފުޅުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަކީ މަޖިލީހުގެ މެމްބަރުންގެ ވާޖިބެއް ކަމަށްށެވެ.އަންނަ ހަފްތާގެ މަޖިލީހުގެ ހުރިހާ ޖަލްސާތަކަށް ވެސް ވަޒީރުން ބައިވެރިވަޑައިގަތުމަށް ތާވަލް ކުރެވިފައިވާ ކަމަށް ވެސް ނާޒިމްގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް ވަނީ،މަޖިލީހުގެ ގަވައިދު ތަކަށް ހުރިމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ނަސޭހަތްތެރިވުމުން ވެސް ހަމަނުޖެހުން ހިންގަން މަސައްކަތްކުރުމުގެ ސަބަބުން، ޖަލްސާއިން ބޭރު ކުރެވިފައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ތަޅުމަކީ ވަޒީރުންނަށް ފަހި މާހައުލެއް ގޮތުގައި ދަމަހައްޓަން ޖެހޭ: މަޖިލީހުގެ ނައިބު ރައިސްޚަބަރު | 2 މަސް ކުރިންއިންސާނަކަށްވީތީ ހުންނަންޖެހޭ ފެންވަރުވެސް ޔާމީންގެ ކިބައިގައި ނެތް: ނާޒިމްޚަބަރު | 3 މަސް ކުރިންސޯޝަލް މީޑިއާ ބޭން ކުރާނެ ވާހަކައެއް ނުދައްކާ އެއީ ކަނޑަ އެޅިގެން ދޮގު : ނާޡިމްޚަބަރު | 3 މަސް ކުރިން