logoEN
ޚަބަރު

ލ. އަތޮޅު އެއާޕޯޓް އިންޓަނޭޝަނަލް ކުރެވޭއިރު ގެސްޓް ހައުސްގެ ބެޑް ކެޕޭސިޓީ އިތުރުކުރަންޖެހޭ: ފައިސަލް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

27 ސެޕްޓެމްބަރު 2024 - 13:05

ލ. އަތޮޅު އެއާޕޯޓް އިންޓަނޭޝަނަލް ވެގެންދާއިރު ގެސްޓް ހައުސްގެ ބެޑް ކެޕޭސިޓީ އިތުރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ އަތޮޅުގެ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ފައިސަލް މިފަދައިން އެދިވަޑައިގެންފައިވަނީ މިއަދު ކުރިއަށްދާ "ލާމު މެރަތަން 2024" ޝަރަފުވެރިކޮށްދެއްވަން ލ އަތޮޅަށް ވަޑައިގެން ހުންނަވާ އޮންލައިން މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފައިސަލް ވިދާޅުވީ މިއަދާ ހިސާބަށް އައި އިރު ލާމު އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ހިނގަމުންދާތަން ނުފެންނަ ކަމަށާއި އެހެންނަމަވެސް ލ. އަތޮޅުގެ ޓޫރިޒަމް ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކެއް ހުރި ކަމަށެވެ.

މިކަންކަން ކުރުމަށް ލ. އަތޮޅު ކައުންސިލާއި ލ އަތޮޅު ރަށްތަކުގެ ކައުންސިލާއި އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ޒުވާނުން ނިކުމެ ސަރުކާރުން ހުޅުވާލާ ލޯނު ފުރުސަތުތަކުގެ ބޭނުން ހިފާ ޓޫރިޒަމްގެ ދާއިރާއިން ގެސްޓް ހައުސް ވިޔަފާރިތަކަށް އިންވެސްޓްކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ލާމު އަތޮޅުގެ ޒުވާނުންނަކީ ވަރަށް މަސައްކަތްތެރި, ހުނަރުވެރި އަދި ޝައުގުވެރިކަމާއެކީ މަސައްކަތް ކޮށްފިނަމަ ނަތީޖާއާ ހިސާބަށް ވާސިލުވެވޭ ވަރުގެ ހުނަރުވެރި ޒުވާނުން ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު ލ. އަތޮޅަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެ ކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. އަދިަ ލ އަތޮޅުގެ ކަންކަންކަމުގައި ސަރުކާރުން ލިބޭ އެއްބާރުލުން ފައިސަލް ފާހަގަކުރެއްވި އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder