އަމާޒަކީ މި ދައުރު ނިމޭއިރު އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން ގެނައުން: ފައިސަލް


27 ސެޕްޓެމްބަރު 2024 - 14:33
މި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު، އަހަރަކު 3.5 ނުވަތަ ހަތަރު މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ޓޫރިޒަމް ކުރިއަރުވަން މުހިންމު ގިނަ މަސައްކަތްތަކެއް މި ފަސް އަހަރުގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުން ކަމަށާއި ކުރިއަށް އޮތް ޑިސެމްބަރު މަހު އެ ޓާމިނަލުން ހިދުމަތް ދޭން ފަށާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލް ހުޅުވުމާ އެކު، ޓޫރިޒަމަށް އޭގެ ފައިދާ ކުރާނެ ކަމަށާއި އަންނަ އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.
އެއާއެކު، އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުންގެ އަމާޒު ވެސް ހާސިލް ވާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު ލިޔުންތައް

ލ. އަތޮޅު އެއާޕޯޓް އިންޓަނޭޝަނަލް ކުރެވޭއިރު ގެސްޓް ހައުސްގެ ބެޑް ކެޕޭސިޓީ އިތުރުކުރަންޖެހޭ: ފައިސަލް
6 މަސް ކުރިން
ލޯކަލް ޓުއަރިޒަމަށް އޮތް ގޮންޖެހުމަކީ ކުޑަ އިންޓްރެސްޓްގައި ލޯނު ނުލިބުން - ފައިސަލް
6 މަސް ކުރިން
މާލެއިން ބިމެއް ގަނެފައިވާކަމަށް ބުނެ ފަތުރަނީ ދޮގު: ފައިސަލް
6 މަސް ކުރިން