logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެއިން ބިމެއް ގަނެފައިވާކަމަށް ބުނެ ފަތުރަނީ ދޮގު: ފައިސަލް

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2024 - 05:57
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މާލެއިން ބިމެއް ގަނެފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ފައިސަލް ދޮގުކުރައްވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް( ޕީއެންއެފް) ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެފައިވަނީ ފައިސަލްގެ އިތުރުން އެމަނިކުފާނުގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްޗަށްވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަޒީރު ފައިސަލް މާލެއިން ބިމެއް ގަނެފައިވާކަމަށް ބުނެ ރައީސް ޔާމީންވަނީ ހެއްކެއްނެތި ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވައި ފައިސަލް ވިދާޅުވީ މާލެއިން ބިމެއް ގަތްކަމަށް ބުނެ ރައީސް ޔާމީން ދައްކަމުން ގެންދާ ވާހަކައަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށެވެ.

އެ ފަދަ ދޮގުވާހަކަތައް ދެއްކުން ހުއްޓާލެއްވުމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދުމަށް މަސައްކަތް ނުކުރެއްވުމަށް ވަޒީރުވަނީ ރައީސް ޔާމީނަށް ނަސޭހަތްތެރިވެފައެވެ.

މިފަހުން އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފްއިން އަންނަނީ ސަރުކާރުގެ އިސްވެރިންގެ އަގުވައްޓާލުމަށް އެބޭފުޅުންގެ އިސްތަށިފުޅުގައި ހެއްކަކާ ނުލައި ބޮޑެތި ތުހުމަތުތައް އަޅުވަމުންކަމަށް ސަރުކާރުން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތްޚަބަރު | 5 މަސް ކުރިންރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި، ދެ މިލިއަން ހަމަވުމުގެ ޔަގީންކަން އެބައޮތް: ވަޒީރުޚަބަރު | އަހަރެއް ކުރިންޓޫރިޒަމް ދާއިރާއިން މިއަހަރު ލިބުނު އެވޯޑްތަކުގެ ކާމިޔާބު އަސްލަކީ ރައީސް ދެއްވާ އިރުޝާދު: މިނިސްޓަރުޚަބަރު | އަހަރެއް ކުރިންއައު އަހަރަށް 2.4 މިލިއަން ޓޫރިސްޓުންގެ ގެނައުމުގެ އަމާޒެއްޚަބަރު | އަހަރެއް ކުރިން