logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި، ދެ މިލިއަން ހަމަވުމުގެ ޔަގީންކަން އެބައޮތް: ވަޒީރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 ޑިސެމްބަރު 2024 - 13:52
ފަތުރުވެރިންތަކެއް ރާއްޖޭގައި
ފަތުރުވެރިންތަކެއް ރާއްޖޭގައި

މުޅި މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި މިންވަރަށް، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި މިންވަރަށް މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަކީ ލިބުނު ބޮޑު ފަޚްރެއް ކަމަށާއި، އެ ކާމިޔާބުން ދައްކުވައިދެނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުގެ މަސައްކަތްތަކާއި، ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގުބޫލު މިންވަރު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

އަދި މި އަހަރުގެ ޓާގެޓުކަމުގައިވާ ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އެފަދައިން ވިދާޅުވިއިރު، އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދާ ހަމައަށް ރާއްޖެއަށް ވަނީ 1.87 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް އައީ ޗައިނާގެ ފަތުރުވެރިންނެވެ. އެގޮތުން ޗައިނާ އަދި ދެވަނައިގައި އޮތް ރަޝިޔާ އިން، ކޮންމެ ގައުމަކުން ދެ ލައްކަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | ދުވަހެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | 5 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 9 ދުވަސް ކުރިންސެޕްޓެންބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،800 އަށް ވުރެ ގިނަ ފަތުރުވެރިންޚަބަރު | 10 ދުވަސް ކުރިން