logo
Bank of Maldives

Bank of Maldives

ޚަބަރު

ނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ސެޕްޓެމްބަރު 2025 - 18:10
މަޖިލީހުގެ ނައިބު ރައީސް ނާޒިމް، ފޮޓޯ: މަޖިލިސް
މަޖިލީހުގެ ނައިބު ރައީސް ނާޒިމް، ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވިކަމަށް އެމަނިކުފާނުވެސް އަމިއްލަ ފުޅަށް އެތައް ފަހަރަކު އިއުތިރާފްވެފައިވާ ފަސް މިލިއަން ޑޮލަރުގެ ހަގީގަތް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވައިފިއެވެ.

މި ހަގީގަތް ނާޒިމް ހާމަކޮށްދެއްވީ ހުކުރުދުވަހުގެ ރޭ މެންދުރު ޓީވީން ގެނެސްދިން ''ޖަވާބުދާރީ'' ޕްރޮގްރާމްގައި ޕްރެޒެންޓަރު އައިމިނަތު ޝަފާގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޔާމީނާ އެމަނިކުފާނާއި މައްސަލަ ޖެހުނީ ވައްކަމަށް ނޫނެކޭ ބުނުމުން ކަމަށެވެ.

"އަތުގައި ހޭކޭ އެއްޗެއް ދަތުގައި ހޭކޭނޭ މުސްކުޅިން ބުނެއުޅޭ، އެކަމަކު ދެއަތް ބާނައިގެން ކާންފެށީމައި އެއްޗެއް ނުބުނެއްނުހުރެވޭނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމަކީ ކުރީގެ ރައީސް ޔާމީންގެ މޭސްތިރިކަމުގައި، ޔާމީން ބޭނުންފުޅުވެގެން ޔާމީން، އަދީބު (އެއިރުގެ ޓޫރިޒަމް މިނިސްޓަރު ފަހުން ޔާމީންގެ ނައިބު ރައީސް އަހްމަދު އަދީބު) ލައްވައި ކުރުވި ބޮޑު ވައްކަމެއް ކަމަށެވެ. އެކަންކުރެއްވީ ޔާމީން އަމިއްލަ މުއްސަނދިވުމަށް ވައްކަންކުރަން ބޭނުންވުމުން ކަމަށް ގަބޫލުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

''އަސްލު ހަގީގަތުގައި އެމްޕީއާރުސީގެ ވައްކަމަކީ ހަމަ ޔާމީންގެ މޭސްތިރިކަމުގައި ޔާމީން ބޭނުންވެގެން ޔާމީން އަދީބުލައްވައި ކުރުވި ބޮޑު ވައްކަމެއް، ޔާމީން އަމިއްލަ މުއްސަނދިވުމަށް ވައްކަންކުރަން ބޭނުންވުން، އަޅުގަނޑު ގަބޫލުކުރާގޮތުގައި ވެރިއަކަށް ހުންނަ މީހާ ފައިސާތައް ހޯދައިގެން އެ ފައިސާތައް އަމިއްލަ އެކައުންޓަކަށް ޖަމާއެއް ނުކުރާނެ ދެއްތޯ އެ އަދަދަކަށް، އަނެއްކާ އަމިއްލަ ފަރުދަކު އަޅާފައިވާ އެންމެ ބޮޑު ގެ އަޅުއްވައިގެން ދެއްތޯ އެ އިންނަވަނީ، އެއަށް ފަންޑުކުރި ގޮތެއްވެސް ފައިސާ ހޯދިގޮތެއްވެސް އޮންނަންވާނެތާ؟'' ނާޒިމް ވިދާޅުވެފަވެއެވެ.

ނާޒިމް ވިދާޅުވީ ޔާމީން އަޅުއްވާފައިވާ އެ ގެކޮޅު އެޅުއްވުމަށް ފަންޑުކުރި ގޮތެއްވެސް ފައިސާ ހޯދި ގޮތެއްވެސް އޮންނަންޖެހޭނެ ކަމަށާއި، މީހަކާ އެގްރިމެންޓްކޮށްފައި މީހަކު ގެ އަޅައިދިނީކަމަށް ބުނުމަކުން އަދި ނުފުދޭނެކަމަށެވެ. އެމީހަކަށް ފައިސާ ދިންތޯވެސް އަދި ފައިސާ ދީފައިވާގޮތްވެސް ބަލަންޖެހޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ހުރީ ''މިގޮތަށް'' ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޔާމީންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރެއްވިކަން ރައްޔިތުންވެސް ގަބޫލުކުރާނެކަަމަށް ނާޒިމް ވިދާޅުވިއެވެ.

"އަނެއްކާ އިރުއިރުކޮޅާ ފަސް މިލިއަންޑޮލަރެއްގެ ވާހަކަވެސް މި ދައްކަވަނީ ނޫންތޯ، އެއީ ފެންނަ އޮތް އެއްޗެއް، އެ ހަމަ ސައްހަ ގޮތުގައި މަނިޓަރީ އޮތޯރިޓީ އަށް ޖަމާވެސްވިޔޭ، ސައްހަ ގޮތުގައި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ބޭރުގެ ދައުލަތަކުން ރާއްޖޭގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދެއްވި 20 މިލިއަން ޑޮލަރާއިއެކު 'އެ ފަސް މިލިއަން ޑޮލަރު' ވެސް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ސައްހަ ގޮތުގައި ޖަމާވިއެވެ.

''ބޭރުގެ ދައުލަތަކުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދެއްވި 20 މިލިއަން ޑޮލަރާއިއެއްކޮށް އެ ފަސް މިލިއަން ޑޮލަރު އައީ، އެ ފަސްމިލިއަން ޑޮލަރާއި ގުޅޭގޮތުން އެ ފަރާތުން ފޮނުވި ލިޔެކިޔުންތަކުގައި ހުންނަނީ މަޖިލިސް މެމްބަރުންގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެފަރާތުންދޭ ފަސް މިލިއަން ޑޮލަރުކަމަށް، އެ ސަބަބަށްޓަކައި އެމްެއެމްއޭއިން ގަބޫލުކުރީ އެ ފަސް މިލިއަން ޑޮލަރު ޖަމާކޮށްދޭން'' ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބޭރުގެ ދައުލަތަކުން ދެއްވި މިފައިސާ ރާއްޖޭގެ މަރުކަޒީ ބޭންކަށް ޓްރާންސްފަރވެފައި ވަނީ ވޮޝިންޓަން ބޭންކް މެދުވެރިކޮށް ކަމަށެވެ.

"ބޭރުގެ ދައުލަތަކުން ދެއްވި ފައިސާ ރާއްޖެއަށް ޓްރާންސްފަރވީ ވޮޝިންޓަން ބޭންކް މެދުވެރިކޮށް، އެ ފަސް މިލިއަން ޑޮލަރު ރިޓާންވީ، ރިޓާންވީމަ ފަހުން ކޭޝްގެ ގޮތުގައި އެ ފަސް މިލިއަން ޑޮލަރު ގެނެސްގެން އޭގައި ވަގުގެ ވަގުހިފައިގެން މި އުޅެނީ، އެއީ ފަސް މިލިއަންޑޮލަރުގެ ހަގީގަތް،" ނާޒިމް ތަފްސީލުކޮށްދެއްވިއެވެ.

ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވި ފަސް މިލިއަން ޑޮލަރު ޔާމީނަށް ދޭންޖެހޭތޯ ނޫނީ ޔާމީނަށް އެ ބޭނުންކުރެވިދާނެތޯ ވެސް ސުވާލުއުފައްދަވާފައެވެ.

ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި، އެ މައުލޫމާތު އެނގޭނެ މީހުންނާއި މުއައްސަސާތައް ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް މައްސަލައަކީ އެކަން ހާމަނުކުރުންކަމަށާއި، އެމަނިކުފާނުގެ މަގާމުގެ ގޮތުން އެވާހަކަ ދެއްކެވޭނީ އެ މިންވަރަށްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެކަމަކީ ބޮޑު ވައްކަމެއް ކަމަށާއި، މި ވައްކަމުގެ އެންމެ އިސްމީހަކީ ހަމަ ޔާމީން ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒުޚަބަރު | 15 ދުވަސް ކުރިންނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތްޚަބަރު | 25 ދުވަސް ކުރިންރައީސް ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޑުއެހުމެއް މި މަހު 29 ގައިޚަބަރު | މަހެއް ކުރިން''ނަމުން ހުދުފޮތިކޮޅެއް، ކަމުން މާ ވަގެއް''ރިޕޯޓް | މަހެއް ކުރިން