logo
Bank of Maldives

Bank of Maldives

ރިޕޯޓް

ޔާމީނު އޭނާގެ އަމިއްލަ ވެރިކަމަށް ހަޖޫ ޖެހުން

މެންދުރު ޓީމް
12 ސެޕްޓެމްބަރު 2026 - 09:21
ޔާމީނު އޭނާގެ އަމިއްލަ ވެރިކަމަށް ހަޖޫ ޖެހުން

ލަދާއި ހަޔާތާއި އަގަލު މީހެއްގެ ނެތި ދިޔައީމާ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. މީހާ ފަލީހަތްވެ އޮރިޔާން ވާއިރުވެސް ނޭނގޭނެ އެވެ. ރައީސްކަން ކޮށްފައި ގަދަރާއި އިއްޒަތުގައި ހުންނަންވީ ދުވަހު، ނުފޯރާ ފޮތިން ފޫގަޅައިގެން ރައްޔިތުން ކުރިމައްޗަށް ނުކުމެ އޮރިޔާން ވާއިރު، އިއްޔެ އަމަލުކުރި ގޮތާއި މިއަދު ދެއްކޭ ވާހަކަ ނޭނގެ އެވެ. މި ދައްކަނީ ރައްޔިތުންގެ ބައިތުލް މާލު ދަވާލައިގެން ވެރިކަމުން ފޭބު ޔާމީން އަބްދުލްގައްޔޫމުގެ ވާހަކަ އެވެ. ވެރިކަމަށް ފެންބޮވައިގަނެ ބޮލުރޮދި ކެނޑުނަސް މިއީ ތަންކޮޅެއް ބޮޑުވަރެވެ.

ޔާމީނުގެ ވެރިކަމުން ހައްޔަރުކޮށްފާނެކަމުގެ ބިރަށް ފިލައިގެން ރާއްޖެ ދޫކޮށް ދިޔަ އޭނާގެ ނައިބު ރައީސް ޖަމީލު އަރިހުގައި ބައިންދައިގެން، ހައެއްކަ މީހުންނައިގެން ރޭ ހެދިގޮނޑު ދޮށަށް އެއްވެ، ދިވެހި އަސްކަރިއްޔާ ބޭނުންކޮށްގެން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަގަށް ނަގާ ޖަލު ގޮޅިއަށް އަޅާލި، ޔާމީނުގެ އަނިޔާވެރި ވެރިކަމުގައި އޭރުގެ ރައީސް އޮފީހުން އެއްވެސް ވަރަކަށް ޢަދުލު އިންސާފުގެ ކަންކަމަށް އަތްނުބާނާ ކަމަށް ވިދާޅުވެ، ނިތްކުރިއަށް ރުލެއް އަރުވާނުލާ ވަނީ ދޮގުހަދާފައި އެވެ. އެގޮތުން މި ސަރުކާރުން ޕްރޮސެކިއުޓަރ ޖެނެރަލް ނެރުނީ ސިޔާސީ ހާއްޔަކުން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގައި ހުންނެވި އައްބާސް ޝަރީފު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރުމުން އެކަމަށް ޔާމީނު ވަނީ ފާޑު ކިޔާފައި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕްރީމް ކޯޓުގެ ޓިނު ނަންގަވާ، ދިވެހި ރާއްޖޭގެ ޤާނޫނީ ހުކޫމާތުގެ އެންމެ އިސް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި އަނިޔާވެރި ޔާމީނު މިހެން ވިދާޅުވިއިރު، އޭނާގެ ވެރިކަމުގައި ކަންތައްކުރެއްވި ގޮތެއް އޭނާ ހަނދާނަކަށް ނާދޭ އެވެ.ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަށް އައްޔަނުކުރައްވަން އޭރު ބޭފުޅަކު ނެރުއްވީ ޔާމީނު އެ ވިދާޅުވާ ސިޔާސީ ހާލީނެވެ. ރައީސް އޮފީހުގައި ޔާމީނުގެ ލީގަލް ސެކެޓްރީއަކަށް ހުންނެވި އާއިޝަތު ބިޝާމް ޕްރޮސެކިއުޓަރ ޖެނެރަލަށް އައްޔަނުކުރެއްވެވި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އައްޔަނުކުރުމުގައި އިއްޔެ އާއި މިއަދު ހުރި ތަފާތަކީ ކޮބާތޯ؟ އެކަމަކު ޔާމީނުގެ ނަފުރަތުގެ ދުލަކަށް އެ ދުވަހު އޭނާ އަމަލުކުރި ގޮތެއް ވިދާޅެއް ނުވެވުނެވެ. ވެރިކަން ވެއްޓެނީ ކަމަށް ހީކޮށް، ކޯޓު އަމުރެއް ނެތި މާމިގިލީ ކޯޓުގެ ގާޒީ ކަނޑުމަތިން ވަގަށްނެގި ޔާމީނު އެދުވަހު އަމަލުކުރެއްވީ އޭނާ ރޭ ވިދާޅުވި ގޮތަށްވުރެ މާ ހުތުރުކޮށެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ބޭފުޅާ ހޫރާލުމަށްފަހު، ބުނާހާ ގޮތެއް ހަދާނެ ބޭފުޅެއް އައްޔަނު ކުރެއްވެވި އެވެ.

އަނިޔާވެރިކަން އިސްކޮށް، އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ކުޑަގޮޅިއަށްލީ، ޔާމީނު އަނބުރާ ވެރިކަމަށް އައުމަށް ފެންބޮވައިގެން ހުންނަވާ، އޭނާގެ ފުލަށް އައިހާ އެއްޗެއް ގޮވާއިރު، މީނާއަކީ ރައްޔިތުންގެ ކުރިމައްޗަށް އަރަން ލަދުގަންނަންޖެހޭ ވަރުގެ މީހެކެވެ. އަމިއްލަ މީހާއާއި ގުޅުވައިގެން ގާނޫނުލް އުގޫބާތުގައި އޮތްހާ ކުށަކަށް ތުހުމަތުކުރެވޭއިރު، މީނާ މާލެ ތެރޭގައި ނުކުމެ އުޅެން ކެރުމަކީ ވެސް މީނާގެ ހަޔާތުގެ ކަންފުޅެއް ނެތްކަން ދައްކުވައިދޭ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީނު އޭނާގެ އަމިއްލަ ވެރިކަމަށް ހަޖޫ ޖެހުންރިޕޯޓް | 26 މިނިޓު ކުރިންނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތްޚަބަރު | އަހަރެއް ކުރިންޔާމީންގެ މައްސަލަ އަންނަ ހަފްތާއަށް ސްޕްރީމް ކޯޓަށް ތާވަލުކޮށްފި ޚަބަރު | 2 އަހަރު ކުރިން