logo
Bank of Maldives

Bank of Maldives

ޚަބަރު

ޔާމީންގެ މައްސަލަ އަންނަ ހަފްތާއަށް ސްޕްރީމް ކޯޓަށް ތާވަލުކޮށްފި

އާމިނަތު ޝަފާ
13 ޖެނުއަރީ 2025 - 07:03
ރައީސް ޔާމިން
ރައީސް ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އަންނަ ހަފްތާގައި ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ވަނީ މައްސަލަ އަލުންބެލުމަށް އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓު ނިންމާފައިވާއިރު މި މަހުގެ 20 ގައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އޮތީ މި ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެވެ.މައްސަލަ ހުށަހަޅާފައިވާއިރު ރިވިއުކޮށްދޭން ޔާމީންގެ ފަރާތްޕުޅުން ޕީޖީގައި ވަނީ އެދިފައެވެ.

މި މައްސަލަ ބައްލަވާނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

މި ޝަރީއަތުގެ މަޖިލިސް ތާވަލުކުރެވިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތްޚަބަރު | 25 ދުވަސް ކުރިންޔާމީންގެ މައްސަލަ އަންނަ ހަފްތާއަށް ސްޕްރީމް ކޯޓަށް ތާވަލުކޮށްފި ޚަބަރު | 9 މަސް ކުރިން