logo
MPL

MPL

ޚަބަރު

ޓޫރިޒަމް ދާއިރާއިން މިއަހަރު ލިބުނު އެވޯޑްތަކުގެ ކާމިޔާބު އަސްލަކީ ރައީސް ދެއްވާ އަހަމިއްޔަތުކަމާއި އިރުޝާދު: މިނިސްޓަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ނޮވެމްބަރު 2024 - 02:22
ޓޫރިޒަމް ދާއިރާއިން މިއަހަރު ލިބުނު އެވޯޑްތަކުގެ ކާމިޔާބު އަސްލަކީ ރައީސް ދެއްވާ އިރުޝާދު: މިނިސްޓަރު

މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު ކާޔާބުގެ އަސްލަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަމާއި އިރުޝާދު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް ވިދިވިދިގެން ފަސް ވަނަ ފަހަރަށް މި އަހަރު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ފައިސަލް ވިދާޅުވީ، މިއަހަރުގެ އެވޯޑް ހަފުލާގައި ލިބުނު ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމާއި އިރުޝާދަކީ މި ކާމިޔާބީގެ އަސްލު ކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ސަރުކާރުގެ މި އަންނަ އަހަރު އަމާޒަކީ، އެމްއެމްޕީއާރުސީ އަދި އިންޑަސްޓްރީއާ ގުޅިގެން 15 ނުވަތަ ވިއްސަކަށް އެވޯޑު ހާސިލްކުރުމަށް މަސައްކަތް ކުރުމެވެ.

މިނިސްޓަރު ވަނީ މިއަހަރުގެ ކާމިޔާބީ އާއި ގުޅިގެން ހޮސްްޕިޓާލިޓީ ދާއިރާއާއި މުޅި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެންމެންނަށް ޝުކުރުއަދާކުރަށްވާފައެވެ.


ވޯލްޑް ޓްރެވެލް އެވޯޑްސްގެ 9 ކެޓަގަރީއަކުން މިއަހަރު ރާއްޖެ ވަނީ އެވޯޑް ހާސިލްކޮށްފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑާއި ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑެވެ. މިއީ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނު 5 ވަނަ އަހަރެވެ. އަދި ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 15 ދުވަސް ކުރިންފަތުރުވެރިންގެ 46 ޕަސެންޓް ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައިޚަބަރު | 17 ދުވަސް ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 21 ދުވަސް ކުރިންފަތުރުވެރިކަމަށް ރަށް ކުއްޔަށް ދިނުމުގެ ރޭޓުތަކަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 23 ދުވަސް ކުރިން