logo
Bank of Maldives

Bank of Maldives

ޚަބަރު

އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ ހާއްސަ ޗުއްޓީއެއް

އައިމިނަތު މޫސާ
15 ސެޕްޓެމްބަރު 2025 - 12:07
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ ހާއްސަ ޗުއްޓީއެއް

އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް އާދިއްތަ ދުވަހު ގެނައި އިސްލާހުގައި ވަނީ، ގަވާއިދުގެ 188 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މުވައްޒަފެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެނަމަ އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެފަދަ ޗުއްޓީއެއް ލިބެނީ މުވައްޒަފެއްގެ މަންމައަށް ނުވަތަ ބައްޕަޔަށް ނުވަތަ އަނބި މީހާއަށް ނުވަތަ ފިރިމީހާއަށް ނުވަތަ ދަރިޔަކަށް ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވަތަ އެއްބަނޑު މީހަކަށް ނުވަތަ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވާ ޙާލަތަކާ ގުޅިގެންނެވެ. އަދި އެ ޙާލަތު މި ޤާނޫނުގެ ޙަވާލާ ދީފައިވާ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފެތެން ޖެހެއެވެ.

ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީގެ ނަމުގައި ދޭ މި ޗުއްޓީ ދިނުމުގައި ބަލި މީހާއަކީ ޓާމިނަލް އިލްނަސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަހައްމަލުކުރަމުންދާ މީހެއް ކަމަށާއި ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓް ނުވަތަ ސެޓްފިކެޓް ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުން ކެންދޫ މިސްކިތް ބިނާކުރު ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ: ވަޒީރު ޝަހީމްޚަބަރު | 13 ދުވަސް ކުރިންގައުމީ ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައެއް ނުވާނެ: ވަޒީރު އާދަމް ނަޞީރުޚަބަރު | 15 ދުވަސް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 18 ދުވަސް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނުކުރައްވައިފިޚަބަރު | 21 ދުވަސް ކުރިން