logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް ޖެނެރަލް ލަފާއާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

އައިމިނަތު މޫސާ
16 ސެޕްޓެމްބަރު 2025 - 11:20
ކައުންސިލް ޖެނެރަލް ލަފާއާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ހައްގަކަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުން އުނިކަން ނާންނަކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފަޔާއެކު އެބިލުގެ ރިޕޯޓް ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮމިޓީ މަރުހަލާއަށް ހުށަހަޅާ ބިލުތައް ދިރާސާ ކުރުމަށްފަހު ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ބިލު ފާސްކުރަންޖެހެއެވެ. އަދި އެއަށްފަހު ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ކައުންސިލް ޖެނެރަލަށް ހުށަހަޅުއްވައި، އެ ބިލެއްގައި ގާނޫނުއަސާސީއާ ނުވަތަ ގާނޫނާ ތަޢާރުޒުވާ އެއްވެސް ކަމެއް އޮތްތޯ ޔަގީންކޮށް ކައުންސިލް ޖެނެރަލްގެ ލަފަޔާއެކު ކޮމިޓީ ރިޕޯޓް ފާސްކުރަންޖެހެެއެވެ.

މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ހޯމަ ދުވަހުއެވެ. އެ ބިލުގެ ކޮމިޓީ ރިޕޯޓް ކައުންސިލް ޖެނެރަލަށް ހުށަހެޅުއްވުމުން ބިލުގައި ގާނޫނުއަސާސީއާ ނުވަތަ އެއްވެސް ގާނޫނަކާ ތަޢާރުޒުވާ އެއްވެސް ކަމެއް ނެތް ކަމަށް ކައުންސިލް ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށް ކޮމިޓީން ވިދާޅުވެއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ ހޯމަ ދުވަހު ފާސްކުރި ބިލުގައި އެއްވެސް ގާނޫނީ ފުށުއެރުންތަކެއް ނެތް ނަމަވެސް ފާސްކުރި ބިލަށް ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ލިބިފައި ވާތީ އެ ލަފާ ވެސް ބިލް ފާސްކުރާއިރު ހިމެނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ، ޝުޖާއު ހުށަހެޅުއްވި ގޮތަށް ޕީއެންސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރި އެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ދިރާސާކުރި މިބިލަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. ބިލުގައިހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.

ބިލަށް ޝަރީފް ހުށަހެޅި މުހިންމު އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވަނީ އިސްލާހު ގެންނަވާފައެވެ.

ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވަނީ އިސްލާހު ގެނެސްފައެވެ.

ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްވެސް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ. މީގެ އިތުރުންވެސް ބިލުގައި ކަންބޮޑުވުން ހުރި ގިނަ މާއްދާތަކަށް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ.

މި ބިލު ހުށަހެޅުއްވި މަގްސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީ ކޮށް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެނެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދެ ހައްގުތައް ޒިންމާދާރުކުރުމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި، ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް، މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަގްކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށްޓަކާއި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް ޖެނެރަލް ލަފާއާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ ހާއްސަ ޗުއްޓީއެއްޚަބަރު | ދުވަހެއް ކުރިންރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ބޭނުން ނުކުރަން، ދެކެވެނީ ދޮގު ވާހަކަތަކެއް: މެމްބަރު އިބްރާހިމް މުޙައްމަދުޚަބަރު | 3 ދުވަސް ކުރިންމީޑިއާ ބިލަށް އިސްލާހު ހުށަހެޅީ މީޑިއާއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް: އުޝާމްޚަބަރު | 4 ދުވަސް ކުރިން