logo
Bank of Maldives

Bank of Maldives

ޚަބަރު

ސޯޝަލްމީޑިއާގައި ލިޔާ ލިޔުމަކަށް ފިޔަވަޅެއް ނޭޅޭނެ: މެމްބަރު މުަސްތަފާ

އައިމިނަތު މޫސާ
17 ސެޕްޓެމްބަރު 2025 - 05:23
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް/ ފޮޓޯ: މެންދުރުޓީވީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް/ ފޮޓޯ: މެންދުރުޓީވީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަކީ ސޯޝަލްމީޑިއާގައި އެމީހެއްގެ އަމިއްލަ ހިޔާލު ފާޅުކުރުމަށް ފިޔަވަޅު އަޅަން ހަދާފައިވާ ގާނޫނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ މި ބިލަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުކަމުން މީގެން ކުރާ ކަމަކީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ގައި ރަޖިސްޓްރީވެގެން ހިނގާ ނޫސް، މަޖައްލާ ފަދަ، އެ މީޑިއާ އެއްގެ ވަސީލަތްތަކުން ފޮނުވަމުންދާ މައުލޫމާތު ރެގިއުލޭޓް ކޮށް ބެލެހެއްޓުމަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން މި ބިލުން ކުރާނެ ކަމަކީ ހަމައެކަނި މީޑިއާތައް ރެގިއުލޭޓް ކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބިލަކީ މުޅި މީޑިއާގެ ނުވަތަ މުޅި މީޑިއާގެ މަސައްކަތް، މިސާލަކަށް އަޅުގަނޑު ފޭސްބުކްގައި ލިޔާ އެއްޗެއް ނުވަތަ އަޅުގަނޑު ޓޫވީޓާގައި ލިޔާ އެއްޗެއްގެ މައްޗަށް ފިޔަވަޅުއަޅަން އޮތް އެއްޗެއް ނޫން އިނގޭ ތޯ، މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް މީގައި މިކުރާ ކަމަކީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ގައި ރަޖިސްޓްރީވެގެން ހިންގާ ނޫސް މަޖައްލާ ފަދަ އެމީޑިއާއެއްގެ އެހެން ވަސީލަތްތައް ފަދަ ވިއަސް އެ ވަސީލަތްތައް މެދުވެރި ކޮށް ފޮނުވާ މައުލޫމާތު ރެގިއުލޭޓް ކޮށް ބެލެހެއްޓުމަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ގެ ޒިންމާއެއް ކަމަށް. ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް

މި ގައުމުގައި މީހުން ދައްކަމުންދާ ވާހަކަތަކާއި މީހުންގެ އަބުރުކަތިލުމަށްޓަކައި ދައްކާ ވާހަކަތަކަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ އަބުރުގެ ބިލެއްގެ ގޮތުގައި ފާސްކޮށްފައިކަމަށް މުސްތަފާ ވިދާޅުވިއެވެ. މެމްބަރު މުސްތަފާ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުން ސޯޝަލްމީޑިއާގައި ލިޔާލިޔުންތަކަށް ދައުވާ ކުރެވޭގޮތަށް، އެކަމުން ހައްލުތައް ހޯދައި ދިނުމަށް ހަދާފައިވާ ގާނުނެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ ރަޖިސްޓްރީ ކޮށްގެން ހިނގާ ޓީވީ، ރޭޑިއޯ، ނޫސްތައްރެގިއުލޭޓް ކުރެވެން ޖެހޭނެ ކަމަށާއި، އަދި މި ތަންތަން މޮނީޓަރ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި މިފަދަ މީޑިއާތަކުން ކުރަމުންދާ ކަންކަން ބަލާ އެފަދަ މީޑިއާތަކަށް ނަސޭހަތް ދީ އެކަންކަން ބަލަހަށްޓާނެ ބަޔަކު ތިބެންޖެހޭނެ ކަމަށް މެމްބަރު މުސްތަފާ ވިދާޅުވިއެވެ.

ބްރޯޑް ކޮމް އާއި މީޑިއާ ކައުންސިލުން މީޑިއާތަކުން ކުރަމުންގެންދާ ކަންކަން ބަލަހައްޓަމުންދިޔަ ކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ މިހާރު މި ގާނޫނަށް ގެނެވިގެން މިދިޔަ އިސްލާހާއެކު ބްރޯޑް ކޮމް އާއި މީޑިއާ ކައުންސިލު އެއްކޮށްލެވިގެންދާނެ ކަމަށެވެ. އެހެންކަމުން ދެން އުފެދިގެންދާ ކޮމިޝަނުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން، ގާނޫނާއި އެއްގޮތަށް ކަންކަން ބެލެހެއްޓުމަށް ކޮމިޝަނެއް އެކުލަވާލެވިގެންދާނެ ކަމަށެވެ.

މެމްބަރު ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނާއެކު އުފެދިގެންދާ ކޮމިޝަންގައި ރަޖިސްޓްރީވެގެން ހިންގާ މީޑިއާތަކުން ކުރާ ކަންކަމުން ފިޔަވަޅުއެޅިގެންދާނެ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯޝަލްމީޑިއާގައި ލިޔާ ލިޔުމަކަށް ފިޔަވަޅެއް ނޭޅޭނެ: މެމްބަރު މުަސްތަފާޚަބަރު | 8 ގަޑިއިރު ކުރިންކައުންސިލް ޖެނެރަލް ލަފާއާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ ހާއްސަ ޗުއްޓީއެއްޚަބަރު | 2 ދުވަސް ކުރިންރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ބޭނުން ނުކުރަން، ދެކެވެނީ ދޮގު ވާހަކަތަކެއް: މެމްބަރު އިބްރާހިމް މުޙައްމަދުޚަބަރު | 4 ދުވަސް ކުރިން