logo
Bank of Maldives

Bank of Maldives

ޚަބަރު

މި މަހުގެ 25 އިން ފެށިގެން އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭނެ

އާމިނަތު ޝަފާ
17 ސެޕްޓެމްބަރު 2025 - 06:52
މި މަހުގެ 25 އިން ފެށިގެން އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޗައިނާއާއެކު ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދީފިއެވެ.

މިގޮތުން އެމްއައިބީން މިއަދު ހާމަކުރި ގޮތުގައި 25 ސެޕްޓެންބަރު 2025 އިން ފެށިގެން، އެ ބޭންކް މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާ ފޮނުވުމާއި ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއައިބީން ބުނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް bank@mib.com.mv އަށް އީމެއިލް ކުރުމުން ސާފުކުރެވޭނެ ކަމަށެވެ.

އެމްއައިބީން ޗައިނީސް ޔުއާން އިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާއިރު، އެމްއައިބީން ކޯ-ސްޕޮންސަރ ކޮށްގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާ.ކޮމް އާ ގުޅިގެން "ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް - އަންލޮކިންގ އީ-ކޮމާރސް ވިތު އަލީބާބާ" ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ވެބިނާއެއް ވަނީ އިއްޔެ ބާއްވައިފައެވެ.

އިއްޔެގެ ވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމާރސް ޓްރެންޑް އާއި އަލީބާބާ.ކޮމްގެ ސެލާ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެކްސްޕޯޓް ކުރިއެރުވުމަށާއި ބައިނަލްއަޤްވާމީ މައިދާނަށް ނުކުތުމަށް އަލީބާބާ ޑޮޓްކޮމް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ލިބިގެންގޮސްފައެވެ.

އަލީބާބާ.ކޮމް ގައި ދިވެހީންނަށް ސެލާ އެކައުންޓް ހުޅުވުމުގެ ފުރުޞަތާއި އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ޗައިނާއަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިދާގެ ގޮތުގައި އެމްއައިބީގެ ހިއްސާދާރުންނަށް 129 މިލިޔަން ރުފިޔާވިޔަފާރި | 3 ގަޑިއިރު ކުރިންމި މަހުގެ 25 އިން ފެށިގެން އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭނެޚަބަރު | 6 މަސް ކުރިންއެމްއައިބީގެ ޚިދުމަތް އަތޮޅުތެރެއަށް: 19 ރަށެއްގައި 23 އޭޓީއެމް ޤާއިމުކުރާނެ ޚަބަރު | އަހަރެއް ކުރިން