logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއައިބީގެ ޚިދުމަތް އަތޮޅުތެރެއަށް: 19 ރަށެއްގައި 23 އޭޓީއެމް ޤާއިމުކުރާނެ

އަޙްމަދު ޒަލީފް
7 ނޮވެމްބަރު 2024 - 11:08
އެމްއައިބީގެ ޚިދުމަތް އަތޮޅުތެރެއަށް: 19 ރަށެއްގައި 23 އޭޓީއެމް ޤާއިމުކުރާނެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޚިދުމަތް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން 19 ރަށެއްގައި އެ ބޭންކުގެ އޭޓީއެމްތައް ޤާއިމު ކުރަން ނިންމައިފިއެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު މުޙައްމަދު ސަޢީދުއެވެ. އިސްލާމިކް ބޭންކުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.

އޭޓީއެމްތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 1 އަހަރު ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމީއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާ ރައްޔިތުންގެ މާލީ ބައިވެރުވުން ކަށަވަރުކުރުމަށް، ކުރެވޭ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ އެއް ބައިވެރިއެއް ގޮތުގައި އިސްލާމިކް ބެންކުން ދެއްވާ އެއްބާރުލުމަށް ވަޒީރު ސަޢީދު ޝުކުރު އަދާކުރެއްވިއެވެ.

މިވަގުތުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 39 އޭޓީއެމްއެއް ބަހައްޓައިގެން އެމްއައިބީން ދަނީ ޚިދުމަތް ދެމުންނެވެ. އަދި މި އެއްބަސްވުމާއެކު އިތުރު 23 އޭޓީއެމެއް 19 ރަށެއްގައި ބަހައްޓާނެ ކަމަށް އެމްއައިބީއިން ވިދާޅުވެއެެވެ.

މީގެ އިތުރުންވެސް ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެމްއައިބީގެ އިތުރު ޚިދުމަތްތަކެއް ރަށްރަށުގައި ޤާއިމްކުރާނެ ކަމަށް އެމްއައިބީން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިދާގެ ގޮތުގައި އެމްއައިބީގެ ހިއްސާދާރުންނަށް 129 މިލިޔަން ރުފިޔާވިޔަފާރި | 3 ގަޑިއިރު ކުރިންމި މަހުގެ 25 އިން ފެށިގެން އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭނެޚަބަރު | 6 މަސް ކުރިންއެމްއައިބީގެ ޚިދުމަތް އަތޮޅުތެރެއަށް: 19 ރަށެއްގައި 23 އޭޓީއެމް ޤާއިމުކުރާނެ ޚަބަރު | އަހަރެއް ކުރިން