logo
MPL

MPL

ޚަބަރު

އަންހެން އޮފިސަރުން ބާރުވެރިކުރުވައި، ލީޑަރުންގެ ގޮތުގައި ހަދާނަން: ސީޕީ ނަވީން

އައިޝަތު ނަޝާ
17 ސެޕްޓެމްބަރު 2025 - 09:21
އަންހެން އޮފިސަރުން ބާރުވެރިކުރުވައި، ލީޑަރުންގެ ގޮތުގައި ހަދާނަން: ސީޕީ ނަވީން

އަންހެން އޮފިސަރުން ބާރުވެރިކުރުވައި، ލީޑަރުންގެ ގޮތުގައި ހަދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފާހަގަކުރަމުންދާ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައެވެ. ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރާކަމަށާއި، އެކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މީގެ އިތުރުން ސީޕީ ވިދާޅުވީ،ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާއިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދާކަމަށެވެ.ހަމައެއާއެކު، އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ މި ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމެއް ކަމަށް ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

މި މުނާސަބާ ފާހަގަކުރަމުންދާއިރު، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައުކުރާކަމަށާއި. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ހިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށް ވެސް ސީޕީ ގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެނުއަލް ޕޮލިސިން ކޮންފަރެންސް ފަށައިފިޚަބަރު | 7 ދުވަސް ކުރިންރާއްޖޭގެ ރިސޯޓެއްގައި އެއްޖިއްސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުން - މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށްޓަައިފިޚަބަރު | 9 ދުވަސް ކުރިންމާލެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިޚަބަރު | 13 ދުވަސް ކުރިން ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ފުލުހުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީޚަބަރު | 2 މަސް ކުރިން