️މައްކާއާއި މަދީނާއަށް ހަމަލާދީފިނަމަ އިސްރާއީލަށް ނިއުކްލިއާ ބޮންއަޅާނަން: ޕާކިސްތާން
17 ސެޕްޓެމްބަރު 2025 - 11:51

އަރަބި އިސްލާމީ ގައުމުތަކަށް ޔަހޫދީން މިހާރު ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން މައްކާ އާއި މަދީނާއަށް ހަމަލާދީފިނަމަ އިސްރާއީލަށް ނިއުކްލިއާ ބޮންއަޅާނެކަމުގެ އިންޒާރު ޕާކިސްތާނުން ދީފިއެވެ.
ޕާކިސްތާނުން މިފަދައިން އިންޒާރު ދިން އިރު ޢައިރު ގާނޫނީ ސަހުޔޫނީ ދައުލަތުން ގަތަރުގެ ވެރިރަށް ދޯހާއަށް ވަނިީ ހަމަލާދީފައެވެ. އަދި މައްކާގެ މަތިން ޔަހޫދީންގެ މިސައިލެއް ދަތުރުކުރާ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

Ad by Hajj Corporation
ޕާކިސްތާނުން ބުނީ ދޯހާއަށް ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގެ ސުލްހައަށް ހުރަސްއެޅިފައިވާކަމަށެވެ. އަރަބި އިސްލާމީ ގައުމުތަކަށް ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުތަކުގައި ހުރި މުސްލިމުންގެ މުގައްދަސް ތަންތަނުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވާކަމަށް ޕާކިސްތާނުން ބުންޏެވެ.
ޕާކިސްތާނުންވަނީ ޔަހޫދީންގެ ހަމަލާތަކުން މައްކާ އާއި މަދީނާ ދިފާއުކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށް ބުނެފައެވެ.
އޮޕަރޭޝަން ޑެޒަރޓް ސްޓޯމް ގެ ދުވަސްވަރު، ޕާކިސްތާނުން ވަނީ މައްކާގައި ހުންނަ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަށް އޮތް ބިރުތަކުން އެތަންތަން ރައްކާތެރި ކުރުމަށް ޚާއްސަ ލަޝްކަރެއް ސަޢޫދީ ޢަރަބިއްޔާގައި ޤާއިމުކޮށްފައެވެ.
ޕާކިސްތާނުގެ ނިއުކްލިއަރ ހަތިޔާރު އެޅި އަސްކަރިއްޔާއަކީ މުސްލިމް ދުނިޔޭގައި ބޮޑު ބާރެކެވެ.
ގަތަރުގެ ވެރިރަށް ދޯހާއަކީ ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ހަމަލާދިން 6 ވަނަ އަރަބި އިސްލާމީ ގައުމެވެ.
ވޭތުވެދިޔަ ހަފްތާތަކުގައި، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ޣައްޒާގެ އިތުރުން، ލުބުނާނު، ސީރިޔާ އަދި ޔަމަނަށް ވެސް ހަމަލާތައް ދީފައެވެ.