logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތަށް ނެގޭ މުދަލާމެދު ޢަމަލުކުރާނެ ގޮތެް ކަނޑައެޅުމަށް ކޮމިޓީއެއް

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2025 - 07:20
ދައުލަތަށް ނެގޭ މުދަލާމެދު ޢަމަލުކުރާނެ ގޮތެް ކަނޑައެޅުމަށް ކޮމިޓީއެއް

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމާބެހޭ ޤާނޫނުގެ ދަށުން, ދައުލަތަށް ނެގޭ މުދަލާ މެދު ޢަމަލުކުރާނެ ގޮތް ކަނޑައަޅަން ކޮމިޓީއެއް އެކުލަވާލަންޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފިއެވެ.

ފުލުހުންގެ ޚިދުމަތާއި މާލީ ވުޒާރާ ހިމެނޭހެން މިކޮމިޓީގައި 5 މުއައްސަސާ ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ޢާންމުކޮށް ޝާއިޢުކޮށްފައެވެ.


މި ގަވާއިދުގައިވާގޮތުން ގޭންގު ކުށްތަކާ ބެހޭ ޤާނޫނުގައި ކުށެއްކަމުގައި ކަނޑައަޅާފައިވާ ކުށެއް ކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދާ ނުވަތަ ރާއްޖެ މެދުވެރިކޮށް ޓްރާންސިޓްކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ޤާނޫނާ ޚިލާފު އެއްޗެއްގެ ކޮންޓްރޯލްޑް ޑެލިވަރ ހިންގުމުގެ އިޚުތިޔާރު ފުލުހުންނަށް ލިބެއެވެ. ކޮންޓްރޯލްޑް ޑެލިވަރއަކީ ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭޝަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އޮފިސަރުން، ޤާނޫނާ ޚިލާފު އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމެވެ.

މީގެ އިތުރުން މި ގަވާއިދުގައި ނުޙައްގުން މުއްސަނދިކަން މީހަކު ހޯދައިފިކަން ސާބިތުވެއްޖެނަމަ، އޭނާގެ މުދާ ދައުލަަތަށް ނެގުމުން ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން މި މުދަލާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ވެސް އެކަމަށް އެކުލަވާލާ ޚާއްޞަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނޭނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ މެންބަރުންނެވެ.

މި ގަވާއިދުގެ ދަށުން ހިފަހައްޓާފައިވާ މުދަލާއި ފައިސާއިން ކުރާނީ ކޮން ބޭނުމެއްކަން ކަނޑައަޅައިދިނުމަށް ކޮމިޓީއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ މުދަލަކާމެދު ޢަމަލުކުރާނެ ގޮތެއް ކޮމިޓީން ނިންމަންޖެހޭނެއެވެ.


ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ޢަމަލުކުރަން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ޤާނޫނަކީ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްކުށަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތަށް ނެގޭ މުދަލާމެދު ޢަމަލުކުރާނެ ގޮތެް ކަނޑައެޅުމަށް ކޮމިޓީއެއްޚަބަރު | 2 ގަޑިއިރު ކުރިންދައުލަތުގެ ޓެކްސް ނޫން އާމްދަނީ އިތުރުވެއްޖެޚަބަރު | 5 މަސް ކުރިން