logo
Bank of Maldives

Bank of Maldives

ޚަބަރު

ބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: މާލީ ވަޒީރު

މުޙައްމަދު އަފްރާޙް
6 ޖެނުއަރީ 2026 - 10:00
ބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: މާލީ ވަޒީރު

މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭސީ.އެލް) އަކީ ބިން ހިއްކުންފަދަ ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ހޯދާފައިވާ ކުންފުންޏެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ހއ. ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ހޯމަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރަން އެމް.އޭސީއެލް އަކީ ޤާބިލް ކުންފުންޏެއް ކަމަށާއި، އޭގެ މުހިންމު ސަބަބަކީ އެ ކުންފުންޏަކީ، ހޮސްޕިޓަލިޓީ ދާއިރާއިގައި މިހާރުވެސް ވަރަށް ކާމިޔާބު ކުންފުންޏަކަށްވުން ކަމަށެވެ. އަދި މަޝްރޫއުތަކާއި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ޤާބިލްކަންވެސް އެ ކުންފުނީގައި އެބަހުރިކަމަށް ވިދާޅުވިއެވެ.

ހއ. ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލް އިއްޔެ ވަނީ ފަށާފައެވެ. އެ ކުންފުނިން ބުނީ، އެ މަސައްކަތް ފެށީ ދުނިޔޭގައި މިވަގުތު އޮތް އެންމެބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސްގެން ކަމަށެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާޚަބަރު | 14 ދުވަސް ކުރިންގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު އެމްއޭސީއެލްއިން ނިންމާލައިފިޚަބަރު | 17 ދުވަސް ކުރިންވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިޚަބަރު | މަހެއް ކުރިން ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ: ވަޒީރު މޫސާ ޒަމީރު ޚަބަރު | މަހެއް ކުރިން