logo
Bank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ އަހަރު 30 ބިލިއަން ޑޮލަރު، ރަސްމާލެ މަޝްރޫއުން އިގްތިސާދަށް ބޮޑު އިންގިލާބެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ސެޕްޓެމްބަރު 2026 - 09:51
ފުރަތަމަ އަހަރު 30 ބިލިއަން ޑޮލަރު، ރަސްމާލެ މަޝްރޫއުން އިގްތިސާދަށް ބޮޑު އިންގިލާބެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭ މި ބިޔަ މަޝްރޫއުގެ ފުރަތަމަ އަހަރު އެކަނިވެސް ރާއްޖޭގެ އިގްތިސާދަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް މިނިސްޓަރު ލަފާކުރައްވަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުގެ ލީސް ރައިޓްސް ގަތުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ވިއްކައިގެން ލިބޭ ހުރިހާ އާމްދަނީއެއް ވެސް ޖަމާކުރާނީ ރާއްޖޭގެ ސަރުކާރާ އެކު އެއްބަސްވާ ރާއްޖޭގެ ބޭންކެއްގައި ގާއިމުކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ފުރަތަމަ އަހަރަށް ފަހު، އެ ތަންތަން ހިންގައިގެން ކޮންމެ އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު އިގްތިސާދަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަށް މިހާރު އަހަރަކު ފަސް ބިލިއަނެއްހާ ޑޮލަރު ވަންނަ ނަމަވެސް، އޭގެ ބޮޑުބައެއް ރާއްޖޭން ބޭރަށް ދާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެ އެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއު ރާވާފައި ވަނީ އެކަން އެގޮތަށް ނުވާނެހެން ކަށަވަރުކޮށް، ދިވެހިންނަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ލުއި ލިބޭނެ ފަދަ ގޮތަކަށެވެ.

މީގެ އިތުރުން މިނިސްޓަރު ދެއްކެވި ވާހަކާގައި ވަނީ އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި މިހާރު ވެސް ރިސޯޓްތައް ހިންގަން 99 އަހަރަށް ރަށްރަށް ކުއްޔަށް ދޭ އުސޫލުން ރަސްމާލޭން ބިން ކުއްޔަށް ދިނުމުގެ އެއްބަސްްވުމެއްކަން ފާހަގަކުރަށްވާފައެވެ. އެގޮތަށް ރަށްތައް ކުއްޔަށް ދީފައިވާ ތަންތަނުގައި ބޭރުގެ އިންވެސްޓަރުން މިހާރު ވެސް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއް ވެސް ބޭރު ބަޔަކަށް ވިއްކާނުލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށާއި އެ އުސޫލު އަބަދުވެސް ދެމެހެއްޓޭނެ ކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވިދާޅުވެފައި ވަނީ، މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުން ކުރިއަށްދާނީ ރާއްޖޭގެ ލައިސަންސް އޮތް ބޭންކުތައް މެދުވެރިކޮށް ކަމަށެވެ. އަދި ޔުނިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ މުއާމަލާތްތައް ހިންގާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ރާއްޖޭގައި ބަލަހައްޓާ އެސްކްރޯ އެކައުންޓްތައް މެދުވެރިކޮށެވެ. މީގެ އިތުރުން، އެއްވެސް ޓެކްސް އިސްތިސްނާއެއް ނެތި ރާއްޖޭގެ އާންމު ގާނޫނުތަކުގެ ދަށުން ޓެކްސް ނަގާ ގޮތަށް ހަމަޖެހިފައިވުމުން، ފައިސާގެ ދައުރުވުން ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގެ ދަށުން، ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ލިބޭއިރު، ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކޮންމެ ރިއަލް އެސްޓޭޓް މުއާމަލާތަކުން 4 ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ދައުލަތަށް ލިބޭނެ އެވެ. މި މަޝްރޫއު ހިންގާ އީގަލް ހިލްސް އަކީ ދުނިޔޭގެ 18 އަށް ވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށްފައިވާ އަދި ބުރްޖް ޚަލީފާ ފަދަ މަޝްހޫރު ބިނާތައް ތަރައްގީކުރި އިމާރް ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލައްބާރުގެ ޗެއާމަންކަމުގެ ދަށުން ހިންގާ ކާމިޔާބު ކުންފުންޏެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ އަހަރު 30 ބިލިއަން ޑޮލަރު، ރަސްމާލެ މަޝްރޫއުން އިގްތިސާދަށް ބޮޑު އިންގިލާބެއްޚަބަރު | ގަޑިއިރެއް ކުރިން ރާއްޖޭގެ ބިމަކުން އެއްވެސް އިންޗިއެއް ބޭރުގެ ބަޔަކަށް ނުވިއްކާ: މާލީ ވަޒީރުޚަބަރު | 6 ގަޑިއިރު ކުރިންރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | 16 ގަޑިއިރު ކުރިން އިޤްތިޞާދީ އައު އިންޤިލާބެއް: ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއްރިޕޯޓް | 17 ގަޑިއިރު ކުރިން