logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ބިމަކުން އެއްވެސް އިންޗިއެއް ބޭރުގެ ބަޔަކަށް ނުވިއްކާ: މާލީ ވަޒީރު

އަޙުމަދު ރިޝާން
22 ސެޕްޓެމްބަރު 2026 - 05:13
 ރާއްޖޭގެ ބިމަކުން އެއްވެސް އިންޗިއެއް ބޭރުގެ ބަޔަކަށް ނުވިއްކާ: މާލީ ވަޒީރު

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް އަބޫދާބީގެ "އީގަލް ހިލްސް" ކުންފުންޏާއެކު ވެވިފައިވާ 20 ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ބިމަކުން އެއްވެސް އިންޗިއެއް ބޭރުގެ ބަޔަކަށް ނުވިއްކާނެ ކަމަށާއި ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޤާނޫނުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މި މަޝްރޫއާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ވިއްކާނުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ އުސޫލު އަބަދުވެސް ދެމެހެއްޓޭނެ ކަމަށެވެ. އެގޮތުން މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިހާރުވެސް ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގާ އުސޫލުން 99 އަހަރުގެ ލީޒް މުއްދަތަކަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ދޫކުރާނީ ލީޒް އުސޫލުން ކަމަށާއި، އެފަދަ ޕްރޮޕަޓީތައް ތަރައްގީކުރި ނަމަވެސް ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގައި ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ރާއްޖެއަށް އިންވެސްޓްކުރާ ކޮންމެ ފަރާތަކުންވެސް އިންވެސްޓްކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތަކަށް ފުރިހަމައަށް އެއްބަސްވާގޮތަށް ކަމަށްވާއިރު، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގައިވެސް ރާއްޖޭގެ ބިމެއްގެ މިލްކުވެރިކަން އެ ފަރާތަށް ލިބޭގޮތަށް ހިމަނާފައިނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓަށްވާއިރު، މި މަޝްރޫއުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާގޮތުން ގައުމުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މުޅި މަޝްރޫއުގެ އެންމެ ބޮޑު ފައިދާއެއް ވެގެންދާނީ ދިވެހިންނަށް ކަމަށްވެސް ވަޒީރު ޙަސަން ޒަރީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބިމަކުން އެއްވެސް އިންޗިއެއް ބޭރުގެ ބަޔަކަށް ނުވިއްކާ: މާލީ ވަޒީރުޚަބަރު | 2 ގަޑިއިރު ކުރިންމިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެ، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 2 ދުވަސް ކުރިންއޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން ރުފިޔާ ލިބުނުޚަބަރު | 2 މަސް ކުރިން