logo
Bank of Maldives

Bank of Maldives

ޚަބަރު

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން ރުފިޔާ ލިބުނު

އައިޝަތު ނަޝާ
24 ޖުލައި 2026 - 08:00
ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން ރުފިޔާ ލިބުނު

ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު 439 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ 439 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ހިލޭ އެހީގެގޮތުގައި ލިބޭނެކަމަށް މި އަހަރު ލަފާކުރި 374 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކުރިއެރުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މެއި މަހުގައެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު ހިލޭ އެހީގެ ގޮތުގައި 28.2 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ މެއި މަހު އެ އަދަދު ވަނީ 907.80 އިންސައްތަ އިތުރުވެ، 284.2 މިލިއަން ރުފިޔާއަށް އަރާފައެވެ. ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ލިބުނު ހިލޭ އެހީގެ ޖުމްލަ އަދަދު ވަނީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 373.6 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.

ފުރަތަމަ ފަސް މަހު ޓެކްސް އާމްދަނީ ވަނީ 12.86 އިންސައްތަ އިތުރުވެ، 13,064.5 މިލިއަން ރުފިޔާއިން 14,744.4 މިލިއަން ރުފިޔާއަށް އަރާފައެވެ. މުޅި އަހަރަށް ޓެކްސް އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 31,297.1 މިލިއަން ރުފިޔާއެވެ. ނަމަވެސް، މެއި މަހުގެ ޓެކްސް އާމްދަނީ ވަނީ 10.55 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ 2025 ވަނަ އަހަރުގެ މެއި މަހު ލިބުނު 2,171.5 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު، މި އަހަރުގެ މެއި މަހު ލިބުނު 1,942.3 މިލިއަން ރުފިޔާއެވެ.

މެދުރާސްތާގައި ރާއްޖެ އަށް ހިލޭ އެހީ ލިބޭ ވަރު އިތުރަށް ދަށްވާނެ ކަމަށް ބަޖެޓު ފޮތުގައިވެއެވެ. ދެ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން ރުފިޔާ ލިބުނުޚަބަރު | 3 ގަޑިއިރު ކުރިންދައުލަތުގެ ބަޖެޓަށް އައު މަޝްރޫއުތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިންކްރެޑިޓް ރޭޓިންއަށް ލިބުނު ކުރިއެރުމަކީ ސަރުކާރުން ގެނެސްފައިވާ ރެވެނިއު ސައިޑް ރީފޯމްތައް: ސާއިދުވިޔަފާރި | 2 މަސް ކުރިންމިހާތަނަށް ސަބްސިޑީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިޚަބަރު | 2 މަސް ކުރިން