logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީ.އެސް.ޓީ. ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 10:12
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީ.އެސް.ޓީ. ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ، ޖުމްލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެފައިވާއިރު، ސަބްސިޑީތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) ގެ ދަށުން ކުރިއަށްދާ ކެޕިޓަލް ހަރަދުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 11 ޑިސެމްބަރ 2025 ވަނަ ދުވަހާ ހަމައަށް އެކުލަވާލާފައިވާ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްއިން ދައްކައިފިއެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކްސް އާމްދަނީގެ ތެރެއިން، ފާއިތުވި ހަފްތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީއިންނެވެ. ޓީ.ޖީ.އެސް.ޓީ.އިން 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ހުރީ 37.9 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 12.7 އިންސައްތައިގެ ދަށްވުމެކެވެ. މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި ހަރަދުތައް އެންމެ ބޮޑަށް އިތުރުވީ ސަބްސިޑީތަކުގެ ސަބަބުންނެވެ. ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 6.5 އިންސައްތައިގެ ދަށްވުމެކެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) ގެ ދަށުން، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ 7.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ފާހަގަކޮށްލެވޭ ދެ ދާއިރާއަކީ ޞިއްޙަތާއި ދަތުރުފަތުރެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް 443.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 138.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 219.0 އިންސައްތައިގެ އިތުރުވުމެކެވެ. ޕީ.އެސް.އައި.ޕީ. ގެ އެންމެ ބޮޑު ދާއިރާއަކަށް ދަތުރުފަތުރަށް ކުރާ ހަރަދު ހުރިއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން، އެއަރޕޯޓާ ގުޅުންހުރި ޕީ.އެސް.އައި.ޕީ. ހަރަދު 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ 3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 4.5 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 82.5 އިންސައްތައިގެ ދަށްވުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީ.އެސް.ޓީ. ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް ޚަބަރު | 2 ގަޑިއިރު ކުރިންޖީ.އެސް.ޓީ އާއި އާމްދަނީއަށް ބޮޑު ކުރިއެރުމެއް, އެސް.ޑީ.އެފްއަށް ފައިސާ ޖަމާކުރުން އިތުރުވެއްޖެވިޔަފާރި | 10 ދުވަސް ކުރިންގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.8 ބިލިޔަން ރުފިޔާޚަބަރު | މަހެއް ކުރިންސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި އަދަދު 45 އިންސައްތަ އިތުރުޚަބަރު | 2 މަސް ކުރިން