logo
Bank of Maldives

Bank of Maldives

ވިޔަފާރި

އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިންވެސްޓްމަންޓްތައް ހަރުދަނާވެއްޖެ

އާމިނަތު ޝަފާ
28 ޑިސެމްބަރު 2025 - 13:34
އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިންވެސްޓްމަންޓްތައް ހަރުދަނާވެއްޖެ

ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާ ކަމަށް 18 ޑިސެމްބަރ 2025 ގެ ނިޔަލަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.

18 ޑިސެމްބަރ 2025 ގެ ނިޔަލަށް، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެކެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ޓީ.ޖީ.އެސް.ޓީ. އިންނެވެ. ޖުމްލަ ޓީ.ޖީ.އެސް.ޓީ. ގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، ޖީ.އެސް.ޓީ ގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައި ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީ. އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާމްދަނީގެ އިތުރު ބައިތަކަށް ބަލާއިރު، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.0 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 2.5 ބިލިއަން ރުފިޔާ އިތުރުވެ 27.5 ބިލިއަން ރުފިޔާއަށް (10.0 އިންސައްތަ) އިތުރުވެފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 7.5 ބިލިއަން ރުފިޔާއިން 9.1 ބިލިއަން ރުފިޔާއަށް (1.6 ބިލިއަން ރުފިޔާ؛ 21.2 އިންސައްތަ) އިތުރުވެފައިވެއެވެ.

18 ޑިސެމްބަރ 2025 ގެ ނިޔަލަށް ޖުމްލަ ޚަރަދުތައް 38.9 ބިލިއަން ރުފިޔާއަށް އަރައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ޚިދުމަތަށް ކުރެވުނު ޚަރަދުތަކެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން، މުހިންމު ޚަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރެވުނު 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 190.3 މިލިއަން ރުފިޔާ ނުވަތަ 5.3 އިންސައްތަ ކުޑަ އަދަދެކެވެ.

18 ޑިސެމްބަރ ގެ ނިޔަލަށް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) އަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. ޕީ.އެސް.އައި.ޕީ.ގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން، 4.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރުމަށް 3.2 ބިލިއަން ރުފިޔާ އާއި ބްރިޖް ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ. ސިއްހީ ދާއިރާއަށް ކުރެވުނު ޕީ.އެސް.އައި.ޕީ. ޚަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 145.5 މިލިއަން ރުފިޔާއިން 453.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 307.7 މިލިއަން ރުފިޔާ ނުވަތަ 211.5 އިންސައްތަ އިތުރުވުމެކެވެ.

ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރެވުނު 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ. ޕްރައިމަރީ ބެލެންސް 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ވަނީ ރަނގަޅުފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ހުރި 6.9 ބިލިއަން ރުފިޔާގެ ޕްރައިމަރީ ޑެފިސިޓްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިންވެސްޓްމަންޓްތައް ހަރުދަނާވެއްޖެވިޔަފާރި | ގަޑިއިރެއް ކުރިންފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީ.އެސް.ޓީ. ރަނގަޅުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް ޚަބަރު | 11 ދުވަސް ކުރިންޖީ.އެސް.ޓީ އާއި އާމްދަނީއަށް ބޮޑު ކުރިއެރުމެއް, އެސް.ޑީ.އެފްއަށް ފައިސާ ޖަމާކުރުން އިތުރުވެއްޖެވިޔަފާރި | 21 ދުވަސް ކުރިންގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.8 ބިލިޔަން ރުފިޔާޚަބަރު | މަހެއް ކުރިން