ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީ އަކު ހައްޔަރުކޮށްފި
18 ސެޕްޓެމްބަރު 2025 - 11:43

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީ އަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް، އުމުރުން 33 އަހަރުގެ ސައްބިރް ހޮސައިން އާއި، ބަންގްލަދޭޝް، އުމުރުން 52 އަހަރުގެ މުހައްމަދު ބަދަލް އާއި އިންޑިއާ، އުމުރުން 20 އަހަރުގެ ރާޖު ދަސް އެވެ.

Ad by Hajj Corporation
ފުލުހުން ބުނީ މި ތިން މހުން ހައްޔަރު ކޮށްފައިވަނީ، ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން، ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 5ލީޓަރުގެ ހަ ފުޅިއާއި، 500އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނިފައިވާ ކަމަށްފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި 3 މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މި ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.