logo
Bank of Maldives

Bank of Maldives

ޚަބަރު

ބަނގުރާ ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލަނީ

އިސްމާޢިލް ރާތިޢު
7 ޖެނުއަރީ 2026 - 06:24
ބަނގުރާ ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލަނީ

މާލޭގައި ބަނގުރާ ވިއްކަމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި ބަނގުރާ އުފައްދާ ގެންގުޅެ އަދި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިމަހުގެ ފަސްވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު އާންމުކޮށްފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ ނޭޕާލަށް ނިސްބަތްވާ ޑިއު ކުމަރް މެޔޮންގްބައާއި، ސުމަން އަދިކަރިއާއި، ރާމްޖި ޕަރިޔަރްއާއި ބިކްރަމް ނެޕަލީގެ އިތުރުން ބަންގްލަދޭޝަށް ނިސްބަތްވާ މޮޒައްމެލް އެވެ.

މި މީހުން ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަވައިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ޚަބަރު | 10 ދުވަސް ކުރިންޤަވާއިދާ ޚިލާފަށް އުޅުނު 12،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފިޚަބަރު | 25 ދުވަސް ކުރިންރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހޯދައިފިޚަބަރު | 2 މަސް ކުރިންގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ރައީސްޚަބަރު | 3 މަސް ކުރިން