logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ޖުލައިމަހު ހުވަދު އަތޮޅުން ވަގަށްނެގި 60،000 ވުރެ ގިނަ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދައިފި

ނުހާ އަޙްމަދު
18 އޯގަސްޓު 2025 - 05:58
ފޮޓޯ--// ފުލުހުންގެ އިދާރާ
ފޮޓޯ--// ފުލުހުންގެ އިދާރާ

މިދިޔަ ޖުލައިމަހު ހުވަދު އަތޮޅުން ވަގަށްނެގި 60،000 ވުރެ ގިނަ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ހޯދައިފިއެވެ.

ސައުތު ޕޮލިސް ސަބް ރީޖަން (ގއ އަދި ގދ) ގެ ރަށްރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ފުލުހުން ވަނީ އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ފުލުހުންގެ ތަފާސްހިސާބުތަށް ދައްކާގޮތުން، މިދިޔަ ޖުލައި މަހު ހުވަދު އަތޮޅުން ވަގަށް ނެގި 64،429 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދާފައިވެއެވެ. އަދި ވަގަށް ނެގި 25،000 ރުފިޔާ ގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި 4500 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ.

 

 

މީގެ އިތުރުން މިދިޔަ މަހު ވިސިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓްގެ ގޮތުގައި 98 ތަނެއް ހަމަޖެއްސި ކަމަށާއި 1329 ލޮކޭޝަން ޗެކް ކުރިއަށް ގެންދިޔަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން، 138 މިނެޓްގެ ފުޓް ޕެޓްރޯލް ކުރިއަށް ގެންދިޔަ އިރު، މަގުމަތިން ހުއްޓުވައި 143 މީހަކާއި ސުވާލުކޮށްފައިވެއެވެ. އޭގެ ތެރެއިން 71 މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށާއި 72 މީހުންނަކީ ކުށުގެ ރެކޯޑް ނެތް މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީ އަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންމިދިޔަ ޖުލައިމަހު ހުވަދު އަތޮޅުން ވަގަށްނެގި 60،000 ވުރެ ގިނަ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދައިފިޚަބަރު | މަހެއް ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެޚަބަރު | މަހެއް ކުރިންވައްކަން ކުރުމުން ކުލައިން ފެންވަރުވައިފި، ސަޅިއެއްނޫން!ޚަބަރު | 5 މަސް ކުރިން