logo
Bank of Maldives

Bank of Maldives

ޚަބަރު

ދުނިޔޭގެ ކަނޑުތަކުގެ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފި

އައިމިނަތު މޫސާ
20 ސެޕްޓެމްބަރު 2025 - 09:49
ދުނިޔޭގެ ކަނޑުތަކުގެ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފި

ދުނިޔޭގެ ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފިއެވެ.

މި ތަމްރީން ކުރިއަށްގެންދަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ލީގަލް އެފެއަރސްގެ ޑިވިޝަން ފޮރ އޯޝަން އެފެއަރސް އެންޑް ލޯ އޮފް ދި ސީއާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތު ބައްދަލުވުމަކީ ނޯވޭޖިއަން އޭޖެންސީ ފޯ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެހީގެ ދަށުން ހިންގާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށާއި އެ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓުމުގެ  އިސްތިރާޖީ ޤާބިލުކަން ހަރުދަނާކުރުމުގެ މަޝްރޫޢެއްގެ ދަށުން އ. ދ. ގެ ޑިވިޝަން ފޯ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީ އަދި ދިވެހި ސަރުކާރާ ގުޅިގެން އިންތިޒާމްކޮށްފައިވާ ހަތަރު ދުވަހުގެ ބައްދަލުވުމެކެވެ.

މި ތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ޙުސައިން ޝަރީފް ވިދާޅުވީ, މިޕްރޮގްރާމުގައި ކަނޑުގެ ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތަމްރީންދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ސަރަހައްދީ ޤައުމުތަކުގެ އެކި ތަޖުރިބާކާރުން ބައްދަލުވެ، ކަނޑުގެ ވަޞީލަތްތައް ބޭނުންކޮށްގެން އިޤުތިޞާދީ ކުރިއެރުން ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މަގުފަހިވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކައިގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ކަނޑުގެ ޤާނޫނުން އަޅުގަނޑުމެންނަށް މަގު ދައްކައިދިން ނަމަވެސް، ކުރިއަށް ދާންވީ ވަސީލަތްތައް ފޯރުކޮށްދެނީ ސަރަޙައްދީގޮތުން ލެވޭ އެއްބާރުލުން ކަމަށާއި، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤައުމީ އޮނިގަނޑުތައް ދުނިޔޭގެ މިންގަނޑުތަކާ އެއްހަމަކޮށް، ސަރަޙައްދީ ފެންވަރުގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރާނަމަ، މަސްމަހާމެހީގެ ސްޓޮކްތައް ރައްކާތެރިކޮށް، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކޮށް، އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ޙާޞިލުކުރެވިދާނެކަމަށް. މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ޙުސައިން ޝަރީފް


މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް މި ތަމްރީން ކުރިއަށްގެންދަނީ މައިގަނޑު ދެ މަޢުޟޫއަކަށެވެ. އެއީ ކަނޑުތަކުގެ ޤާނޫނާއި ގަވަރނަންސްގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ފިޝް ސްޓޮކް އެގްރީމެންޓް ތަންފީޒުކުރުން މިއެވެ. މި މަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖެ ހިމެނޭގޮތަށް 12 މެމްބަރު ޤައުމަކުން 47 މަންދޫބުން ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނު (އަންކްލޯސް) އާއި އެއާ ގުޅުންހުރި އެހެނިހެން މުޢާހަދާތަކާއި އެގްރިމެންޓްތަކަށް ބައިވެރިން އަހުލުވެރިކުރުވުމާއި، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑުތަކަށް އަލިއަޅުވާލުމެވެ.

މީގެ އިތުރުން، 2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ) އާ ގުޅުންހުރި މައްސަލަތަކާއި، ނޫ އިޤްތިޞާދެއް ބިނާކުރުމާ ގުޅޭ ގޮތުންނާއި، ސައިންސްގެ އަލީގައި ސިޔާސަތު ބައްޓަންކުރުމާ ގޫޅޭ ގޮތުން އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި އިސްކަންދޭން ޖެހޭ ކަންކަމާގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ އިހްތިޖާޖުން މެމްބަރު މައުރޫފް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންފާނަ އާލާކުރުމުގެ ޕްރޮގުރާމެއް މަނިޔަފުށީގައި ފަށައިފިޚަބަރު | 2 މަސް ކުރިންދުނިޔޭގެ ކަނޑުތަކުގެ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފިޚަބަރު | 3 މަސް ކުރިން