logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންގެ އިހްތިޖާޖުން މެމްބަރު މައުރޫފް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާ
11 ޑިސެމްބަރު 2025 - 11:16
މަސްވެރިންގެ އިހްތިޖާޖުން މެމްބަރު މައުރޫފް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ގެ މަސްވެރިން އިއްޔެ ހެނދުނުން ފެށިގެން މާލެ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން،ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

 މީގެ އިތުރުން އިހްތިޖާޖުގައި ބައިވެރިވި ދެ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނިގޮތުގައި، މަސްވެރިންގެ އިހްތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަދު ފުލުހުން ވަނީ އިހްތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައެވެ.

މަސްވެރިންގެ ނަމުގައި ކުރަމުންދާ އިހްތިޖާޖުގައި އިދިކޮޅު އެމްޑީޕީގެ ބައިވެރިވުން އޮތް އިރު އިހްތިޖާޖުކުރާ ދޯނިތަކުން އަންނަނީ އެ ސަރަހައްދުން ދަތުރުކުރާ އެހެނިގެން ދޯނިފަހަރަށް ހުރަސްއަޅަމުންނެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ މިއިޙްތިޖާޖާއި ގުޅިގެން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު ކަންނެލި މަސްވެރިންނަށް ޚާއްސަ މަސް ޕްރޮސެސްކުރާނެ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ގުންޒަރު، ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 3 ގަޑިއިރު ކުރިންމަސްވެރިންގެ އިހްތިޖާޖުން މެމްބަރު މައުރޫފް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންފާނަ އާލާކުރުމުގެ ޕްރޮގުރާމެއް މަނިޔަފުށީގައި ފަށައިފިޚަބަރު | 2 މަސް ކުރިން