logo
MPL

MPL

ޚަބަރު

ޒުވާން ޚަތީބުންނަށް ކުރިއަށްގެންދާ 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕް ފަށައިފި

ޝަހްޒާ މުހައްމަދު
20 ސެޕްޓެމްބަރު 2025 - 10:19
 ޒުވާން ޚަތީބުންނަށް  ކުރިއަށްގެންދާ 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕް ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕް ފަށައިފިއެވެ.

މި ވޯކްޝޮޕަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމިކް މިނިސްޓްރީއިން ބުނިގޮތުގައި މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ޒުވާން ހަތީބުންނަށް އިތުރު ތަމްރީނު ދިނުމާއި، އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދިނުމެވެ. މީގެ އިތުރުން ދާއިރާއާ ގުޅޭ މުހިންމު ދީނީ މައުލޫމާތުތައް ފޯރުކޮށްދިނުމަކީ ވެސް މި ވޯކްޝޮޕްގައި އަމާޒެއްކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ވޯކްޝޮޕްގެ ދަންފަޅިތަކުގައި އަލިއަޅުވާލެވޭ މުހިންމު މައުޟޫޢުތަކުގެ ތެރޭގައި އިސްލާމީ އަޤީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން ފަދަ މުހިންމު ބައިތައް ހިމެނެއެވެ.

މީގެ އިތުރުން ލީޑާޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ޙައްދުފަހަނައެޅުން، އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުން ފަދަ މައުޟޫޢުތަކަށްވެސް މި ވޯކްޝޮޕްގައި އަލިއަޅުވާ ކަމަށް އެމިނިސްޓްރީއިން ބުންޏެވެ. ވޯކްޝޮޕްގެ އެހެނިހެން ސެޝަންތަކުގައި އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑާޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުން އަދި ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދައުވާ އެންޑް ލީޑަޝިޕް ފަދަ މުހިންމު މައުޟޫއުތަކަށް މައުލޫމާތު ދެވޭނެއެވެ.

މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ އިލްމުވެރިންނެވެ. މި ވޯކްޝޮޕުގައި 50 ޒުވާން ޚަތީބުން ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | 22 ދުވަސް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 23 ދުވަސް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 25 ދުވަސް ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | މަހެއް ކުރިން