logo
Bank of Maldives

Bank of Maldives

ޚަބަރު

ވ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިންމައިފި

ނުހާ އަޙްމަދު
20 ސެޕްޓެމްބަރު 2025 - 11:38
ވ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިންމައިފި

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިންމައިފިއެވެ.

ވ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ފުލުހުންގެ ހިދުމަތް ފެށީ ވ. ރަކީދޫގައެވެ. މި ހިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފެލިދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ރަކީދޫގައި ޕޮލިސް ޑެސްކުގެ ހިދުމަތް ތައާރަފުވެގެން ދިއުމާއެކު، ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ހިދުމަތެއް، ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލުމެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވުމުން އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ހުޅުވާލައިފިޚަބަރު | 20 ދުވަސް ކުރިންޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން ހޯދަނީޚަބަރު | 20 ދުވަސް ކުރިންމިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު ހިނގި ޚަބަރު | 20 ދުވަސް ކުރިންވ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިންމައިފިޚަބަރު | މަހެއް ކުރިން