logo
MPL

MPL

ޚަބަރު

ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިއްމަވާލެއްވުމަށްފަހު އަބްދުއްރަޙީމް ރާއްޖެ ވަޑައިގެންފި

ޝަހްޒާ މުހައްމަދު
21 ސެޕްޓެމްބަރު 2025 - 06:16
ަޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިއްމަވާލެއްވުމަށްފަހު އަބްދުއްރަޙީމް ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނު ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިމަހުގެ 16 އިން 20 އަށް ކުރެއްވިމި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމްގެ އިތުރުން މަޖިލީހުގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަބްދުއްރަޙީމްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ވަގުތީ ރައީސް، ޔޫސުފް ރަޒާ ގިލާނީއާ ވެސް އަބްދުއްރަޙީމް ބައްދަލުކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުންތަކުގައި، ޢަބްދުއްރަޙީމް ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި، އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙީ ދާއިރާއާއި ވިޔަފާރީގެ ރޮނގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަން، މި ބައްދަލުކުރެއްވުންތަކުގައި އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ހުއްޓުމެއް ނެތި ދިވެހިރާއްޖެއިން ފަލަސްތީނަށް ތާއީދު ކުރުންމަތީ ދެމިތިބޭނެކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 4 ގަޑިއިރު ކުރިންޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިމްތިޔާޒުތައް ހަރުދަނާކުރަން މަޖިލީހަށް ބިލެއްޚަބަރު | ދުވަހެއް ކުރިންސިވިލް ސާވިސް މުވައްޒަފުން އައްޔަންކުރުން އޮންލައިން ކުރަނީޚަބަރު | 7 ދުވަސް ކުރިން