logo
Bank of Maldives

Bank of Maldives

ޚަބަރު

ސައޫދީގެ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 09:48
ސައޫދީގެ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ

ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު އަވަހާރަވެއްޖެއެވެ.

ޝެއިހް ޢަބްދުލްޢަޒީޒު އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝެއިހް އަވަހާރަވުމުގެ ހިތާމައިގައި ސައުދީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ޝެއިހް ޢަބްދުލް ޢަޒީޒް އަވަހާރަވުމަކީ ސައުދީ އަރަބިއްޔާ އާއި މުޅި އިސްލާމީ އުންމަތަށް ކުރިމަތިވި ހިތާމައެއްކަމަށާއި ޝެއިހަކީ އިސްލާމްދީނާއި، މުސްލިމު އުއްމަތަށް ޚިދުމަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަދި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ވަނީ ޝެއިހް ޢަބްދުލް ޢަޒީޒްގެ އާއިލާއަށާާއި، ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި އަދި މުޅި އިސްލާމީ އުންމަތަށް ތައުޒިޔާ ވިދާޅުވެފައި އެވެ. ޝައިހް އަބްދުލް އަޒީޒް އަކީ މި ފަހުން ދުނިޔެ ދުށް އެންމެ ބޮޑު އިލްމުވެރީންގެ ތެރޭން ބޭފުޅެކެވެ.

ޝެއިހް އަވަހާރަވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ މުފްތީގެ ޖަނާޒާ މިއަދުގެ އަސްރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސާފަ އެވެ. ޖަނާޒާ އޮތީ ރިޔާދުގެ އަމީޔޫ އިމާމު އަހްތޫރުކީ ގަ އެވެ.

މީގެ އިތުރުން ދެ ހަރަމްފުޅާއި ސައުދީގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ސައުދީ ރަސްގެފާނު ވަނީ އަންގަވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީން، ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިޚަބަރު | 15 ދުވަސް ކުރިންރާއްޖޭގެ ތަރައްޤީއަށް ސަޢޫދީން ދެމުންގެންދާ އެހީތެރިކަމަށް މަޖިލިސް ރައީސްގެ ޝުކުރުޚަބަރު | 2 މަސް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 2 މަސް ކުރިންސަޢުދީގެ އިސް މުފްތީ އަކަށް ޑރ. ޞާލިޙު ބުން ޙުމައިދު ޚަބަރު | 6 މަސް ކުރިން