logo
Bank of Maldives

Bank of Maldives

ޚަބަރު

ހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށްސްކޮލާޝިޕްގެ ފުރުސަތުތައް

އައިމިނަތު މޫސާ
23 ސެޕްޓެމްބަރު 2025 - 11:24
ހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށްސްކޮލާޝިޕްގެ ފުރުސަތުތައް

ހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހިން ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މި ފަހުމުނާމާގައި ސޮއިކުރީ ‏‎އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ހަންގޭރީގެ ޚާރިޖީ ކަންކަމާއި ވިޔަފާރިއާބެހޭ ވަޒީރު ޕީޓަރ ސިޔަރޓޯ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިކަމާ ގުޅޭ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޕީޓަރ ސިޔަރޓޯއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ފަހުމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރުގެ ސަނަދުތައް ހާސިލުކުރުމުގެ ފުރުޞަތު ދިވެހިނަށް ލިބޭނެ ކަމަށެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރުކުވެސް 25 ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި ސްކޮލަރޝިޕްތައް ދިވެހިންނަށް ފަހިކޮށްދެނީ ހަންގޭރީގެ ސަރުކާރުން ކުރިއަށްގެންދާ ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ދަރިވަރުންނަށް ހަންގޭރީގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ހަންގޭރީގެ އިޖްތިމާޢީ އަދި ސަޤާފީ ދިރިއުޅުމުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. އަދި ޔޫރަޕަށް މުހިންމު ވަކި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތުވެސް މި ޕްރޮގްރާމްގެ ދަށުން ލިބިގެންދެއެވެ.

ހަންގޭރީ ސަރުކާރުން މި ޕްރޮގްރާމް ދުނިޔޭގެ އެކި ގައުމުތަކާއެކު ކުރިއަށް ގެންދެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | މަހެއް ކުރިންނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނިކުމެއްޖެޚަބަރު | މަހެއް ކުރިންދިވެހީންނަށް ވިސާ އަކާ ނުލައި، އަޒަރުބައިޖާނަށް ދެވޭ ގޮތް ހަދައިފިޚަބަރު | މަހެއް ކުރިންހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށްސްކޮލާޝިޕްގެ ފުރުސަތުތައްޚަބަރު | މަހެއް ކުރިން