logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން 600 މިލިއަން ރެންމިންބިންގެ ހިލޭ އެހީ ދެނީ

އާމިނަތު ޝަފާ
25 ޑިސެމްބަރު 2025 - 10:27
ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން 600 މިލިއަން ރެންމިންބިންގެ ހިލޭ އެހީ ދެނީ

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ޚަލީލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން ނުވަތަ 1.3 ބިލިއަން ރުފިޔާ ގެ ހިލޭ އެހީ ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރ ޑރ. ޚަލީލް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މިގޮތުން ކޮށްދެއްވާފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މުހިއްމު ތިން މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން ކުރިޔަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން 600 މިލިއަން ރެންމިންބިންގެ ހިލޭ އެހީ ދެނީ ޚަބަރު | 2 ގަޑިއިރު ކުރިންޗައިނާއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހިކުރުމަށް ފޯރަމެއް ބާއްވަނީޚަބަރު | 8 ދުވަސް ކުރިންސިިޑްނީގެ ބޮންޑައި ބީޗުގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | 10 ދުވަސް ކުރިންރާއްޖެއާ ވިއެޓްނާމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިން