logo
Bank of Maldives

Bank of Maldives

ޚަބަރު

ސިިޑްނީގެ ބޮންޑައި ބީޗުގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
15 ޑިސެމްބަރު 2025 - 04:50
ސިިޑްނީގެ ބޮންޑައި ބީޗުގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސިިޑްނީގެ ބޮންޑައި ބީޗުގައި ހަތިޔާރު އެޅި ދެ މީހުން ދިން ބަޑީގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އޮސްޓްރޭލިއާގައި ޔަހޫދީންގެ ބާތިލް "ޢީދެއް" ފާހަގަކުރަމުންދަނިކޮށް ދިން މި ހަމަލާގައި 15 މީހުން މަރުވެ 38 މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި ހަތިޔާރު އެޅި ދެ މީހަކު ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މި ހަމަލާއަކީ ލާއިންސާނީ އަމަލެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ.

މި ހާލަތުގައި ދިވެހި ސަރުކާރުން އޮންނާނީ އޮސްޓްރޭލިއާގެ ސަރުކާރާއިއެކުގައިކަމަށާއި އަދި ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރާނީ ޓެރަރިޒަމާ ދެކޮޅަށް ކަމަށް ވެސް ބަޔާންނުގައިވެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީ ސިޓީގައި ދިން މިހަމަލާތަކަކީ ސީދާ އެ އިވެންޓަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލާދެމުންދަނިކޮށް ހަމަލާދިން މީހުންގެ ތެރެއިން އެކަކަށް ހުރަސްއަޅައި އެމީހާގެ އަތުން ބަޑި އަތުލީ މުސްލިމެއްކަން ވަނީ ކަށަވަރުވެފައެވެ. އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ޔަހޫދީންނަށް ދެމުންދިޔަ ހަމަލާތަކަށް ހުރަސްއެޅީ އަޙުމަދު އަލް އަޙުމަދު ކިޔާ ސިޑްނީގެ ސަދަލޭންޑް ޝަޔަރއަށް އުފަން މުސްލިމެކެވެ. ހަމަލާ ހުއްޓުވަން އުޅުމުގެ ތެރޭގައި އަހުމަދަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު ހުޅަނގުގެ މީޑިއާތަކުން އަންނަނީ އަހުމަދުގެ ހިތްވަރުގެ ވާހަކަ ދައްކަން ދެކޮޅުހަދަމުންނެވެ. ސަބަބަކީ އޭނާއަކީ މުސްލިމެއްކަމަށްވާތީކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.

އޮސްޓްރޭލިއާގެ މުސްލިމުންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް ހާދިސާގައި މަރުވި މީހުންނަށް ތައުޒިޔާ ކިޔާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިިޑްނީގެ ބޮންޑައި ބީޗުގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | 17 ގަޑިއިރު ކުރިންރާއްޖެއާ ވިއެޓްނާމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިންރަސްމީ ދަތުރުފުޅެއްގައި ވަޒީރު ހަލީލް ވިއެޓްނާމަށް ވަޑައިގެންފިޚަބަރު | 2 މަސް ކުރިންބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 3 މަސް ކުރިން