logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޑެމްބެލޭ ބެލަންޑޯ ކާމިޔާބުކުރީ އެއްވެސް ވާދަވެރިކަމެއް ނެތި ބޮޑު ތަފާތަކުން

އަބްދުﷲ ޣާނިމް
23 ސެޕްޓެމްބަރު 2025 - 12:29
ޑެމްބެލޭ ރޭގައި ބެލަންޑޯ އުފުލާލަނީ
ޑެމްބެލޭ ރޭގައި ބެލަންޑޯ އުފުލާލަނީ

ފްރާންސް ފުޓްބޯޅްގެ އެޑިޓަރ އިން ޗީފް ވިންސެންޓް ގާސިއާ ވިދާޅުވެފައިވަނީ މި އަހަރުގެ ބެލޯން ޑީ އޯރ ވޯޓުގައި ޕީއެސްޖީގެ ތަރި އުސްމާން ޑެމްބެލޭ ވަނީ ބޮޑު ތަފާތަކުން ކުރިހޯޑާފައެވެ.

ފްރާންސް ފުޓްބޯޅްގެ ފަރާތުން ދޭ މި ޝަރަފުވެރި އެވޯޑަށް ޑެމްބެލޭ ހޮވުނީ ބާސެލޯނާގެ ލަމީން ޔަމާލްއަށް ބޮޑުތަނުން ގިނަ ވޯޓު ހޯދައިގެންކަމަށް ގާސިއާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ވޯޓުގެ ޓްރެންޑްއަށް ބަލާއިރު، ތެދުތެދަށް ދަންނަވާނަމަ، އެއްވެސް ވާދައެއް ނެތް. އުސްމާން ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރިހޯދާފައި. އަޅުގަނޑުމެންގެ ޖޫރީގެ ބޮޑު ބައެއްގެ ތާއީދު އޭނާއަށް ލިބިފައިވޭ،" ގާސިއާ ވިދާޅުވިއެވެ.

އެޑިޓަރ އިން ޗީފް ވިދާޅުވި ގޮތުގައި ވިޓިންހާ އާއި އަޝްރަފް ހަކީމީ ވެސް މަދު ފަހަރެއްގެ މަތިން އެންމެ މަތީ ވޯޓު ލިބިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަދަ ހާލަތްތައް ވަރަށް މަދު ކަމަށް ވިދާޅުވިއެވެ.

"ޑެމްބެލޭ ވަނީ ހުރިހާ ބައްރެއްގައި ވެސް - އެފްރިކާ، ޔޫރަޕް، ދެކުނު އެމެރިކާ އަދި އުތުރު އެމެރިކާގައި ވެސް ބޮޑު ތަފާތަކުން ވަނީ ކުރި ހޯދާފައި. މިއީ އެއްވެސް ޝައްކެއް ނެތް ބެލޯން ޑީ އޯރ ފަހަރެއް، ޑެމްބެލޭއާއި ކައިރިން މިފަހަރު ވާދަވެރިއެއް ނެތް،" ލެކީޕްއަށް ދެއްވި އިންޓަވިއުގައި ގާސިއާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 2 މަސް ކުރިންއެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޑެމްބެލޭ ކާމިޔާބުކުރިއިރު، އެންމެ މޮޅު ފޯވާޑްގެ އެވޯޑް ޔަމާލް އަށްކުޅިވަރު | 2 މަސް ކުރިންފީފާގެ މިއަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ޑެމްބެލޭއަށްކުޅިވަރު | 2 މަސް ކުރިންބެލަންޑޯ ލިބުމާއެކު ޑެމްބެލޭ މުސާރަ ބޮޑުކުރަން އެދެފިކުޅިވަރު | 4 މަސް ކުރިން