logo
MPL

MPL

ޚަބަރު

އެންމެބޮޑު ހޭދައެއް ކުރަންޖެހެނީ، ކުދިންގެ ބިހޭވިއާ ތެރަޕީއަށް: އެންސްޕާ

އައިޝަތު ނަޝާ
24 ސެޕްޓެމްބަރު 2025 - 16:10
އެންމެބޮޑު ހޭދައެއް ކުރަންޖެހެނީ، ކުދިންގެ ބިހޭވިއާ ތެރަޕީއަށް: އެންސްޕާ

އެންމެބޮޑު ހޭދައެއް ކުރަންޖެހެނީ ކުދިންގެ ބިހޭވިއާ ތެރަޕީއަށްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ނެރެފައިވާ އޮަގަސްޓްމަހު އެ އިދާރާގެ ހަރަދު ރިޕޯޓްގައިވާގޮތުން އެ މުއްދަތުގެ ތެރޭގައި ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުން ޖުމްލަ 7.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހޭދަކޮށްފައިވަނީ، ބިހޭވިއާ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، އެޑިއުކޭޝަނަލް ތެރަޕީ އަދި ސައިކޯ ތެރަޕީއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން  ބިހޭވިއާ ތެރަޕީއަށް 1.9 މިލިއަން ރުފިޔާ، އޮކިއުޕޭޝަނަލް ތެރަޕީއަށް 1.7 މިލިއަން ރުފިޔާ،ސްޕީޗް ތެރަޕީއަށް 1.4 މިލިއަން ރުފިޔާ އެޑިއުކޭޝަނަލް ތެރަޕީއަށް 1.05 މިލިއަން ރުފިޔާ އަދި އަރލީ އިންޓަރފެންޝަންއަށް 1.2 މިލިއަންގެ އިތުރުން ސައިކޯ ތެރަޕީއަށް 140،950 ވަނީ އެންސްޕާއިން ޙަރަދުކޮށްފައެވެ.

އެންސްޕާގެ ރެކޯޑްތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެގިނައިން ތެރަޕީދެނީ ފިރިހެން ކުދިންނަށެވެ. ތެރަޕީ ފަރުވާއަކީ ރައްޖޭގައި އަގުބޮޑު ހިދުމަތެކެވެ. އެހެންކަމުން ކުދިންނަށް މި ފަރުވާ ދިނުމުގައި ގިނަ ބެލެނިވެރިން މާލީ އެހީ ހޯދަނީ އެންސްޕާ މެދުވެރިކޮށެވެ. އަމިއްލަ ސެންޓަރުތަކަށް ބަލާއިރު، ގިނަ ތަންތަނުން ތެރަޕިއުޓިކް ސެޝަނެއްގެ އަގުއުޅެނީ 500 ރުފިޔާ އާއި 650 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. 

ކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުގެ ބައިތުލްމާލުންވެސް ބޮޑު ހޭދައެއް ކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ދެމުން އަންނަ ތަންތަނުގެ ފެންވަރު ބެލޭނެ ގޮތެއް އަދި މިހާތަނަށް ހަމަޖެހިފައި ނުވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ރަށެއްގައި ރާސްތާ ޕްރޮގުރާމް ކުރިއަށް ގެންދާނެ މީހުން ތަމްރީން ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންއެންމެބޮޑު ހޭދައެއް ކުރަންޖެހެނީ، ކުދިންގެ ބިހޭވިއާ ތެރަޕީއަށް: އެންސްޕާޚަބަރު | އަހަރެއް ކުރިންނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓުކުރަން ބިލެއް ތައާރަފެއް ނުކުރޭ : ހީނާ ޚަބަރު | 2 އަހަރު ކުރިން