logo
MPL

MPL

ޚަބަރު

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓުކުރަން ބިލެއް ތައާރަފެއް ނުކުރޭ : ހީނާ

ރަނާ އަޙްމަދު ފަޔާޒް
26 ޖެނުއަރީ 2025 - 09:53
ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓުކުރަން ބިލެއް ތައާރަފެއް ނުކުރޭ : ހީނާ

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓުކުރަން ބިލެއް ތައާރަފުކުރަން ސަރުކާރުން މަސެއްކަތް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ ސަން އޮންލައިންގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމް ދެއްކި ވާހަކައަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން އެ ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް މިހާރު އޮންނަ ނިޒާމުގެ ތެރެއިން ސެލްފް ރެގިއުލޭޓްނުކުރެވޭ ކަމަށެވެ. އެހެންވެ، އެކަމާ ގުޅުން ހުރި ބިލެއްގެ މަސައްކަތް ކުރައްވާތާ ދެ މަހެއްހައި ދުވަސްވެއްޖެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާ ތައްޔާރުކުރައްވާ ބިލުގެ މައިގަނޑު އެއް ބޭނުމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރުން ކަމަށެވެ. އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމާ އެކު މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅައި، ޚިޔާލަށް ފުރުސަތު ހުޅުވައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގަވެސް އެފަދަ ބިލެއް ހިމެނިފައިނުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.

މީގެއިތުރުން ވެސް ހީނާ ވިދާޅުވީ ކުރިން ވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ރެގިއުލޭޓު ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. މިގޮތުން މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމުކޮށް ދެމެހެއްޓުން ކަމަށެވެ.

ހަމަމިއާއެކު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމަށް މީގެކުރިން ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ރަށެއްގައި ރާސްތާ ޕްރޮގުރާމް ކުރިއަށް ގެންދާނެ މީހުން ތަމްރީން ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންއެންމެބޮޑު ހޭދައެއް ކުރަންޖެހެނީ، ކުދިންގެ ބިހޭވިއާ ތެރަޕީއަށް: އެންސްޕާޚަބަރު | އަހަރެއް ކުރިންނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓުކުރަން ބިލެއް ތައާރަފެއް ނުކުރޭ : ހީނާ ޚަބަރު | 2 އަހަރު ކުރިން