logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކަރަބޯކަޕްގެ ރައުންޑް 3އެއްގައި ސިޓީ އާއި އާސެނަލް އަށް މޮޅެއް

އަބްދުﷲ ޣާނިމް
25 ސެޕްޓެމްބަރު 2025 - 04:24
ކަރަބޯކަޕްގެ ރައުންޑް 3އެއްގައި ސިޓީ އާއި އާސެނަލް އަށް މޮޅެއް

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ އާއި އާސެނަލް ވަނީ މޮޅުވެފައެވެ. އާސެނަލް ވަނީ ލީގު ވަންގެ ކްލަބް ޕޯޓް ވޭލް އާއި ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެފައެވެ.

އާސެނަލްގެ ފަރާތުން މެޗުގެ 8 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހީ އެބެރެޗީ އެޒޭއެވެ. މިއީ މިދިޔަ މަހު އާސެނަލް އާއި ގުޅުނު ފަހުން އެޒޭ އެ ޓީމަށް ކުޅުނު ހަ މެޗުގެ ތެރެއިން އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މެޗު ނިމުމުގެ ކުރިން ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-09-25 092924.png

 

މެންޗެސްޓަރ ސިޓީ ވަނީ ލީގު ވަންގެ ކްލަބް ހަޑާސްފީލްޑް ޓައުން އާއި ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެފައެވެ. ސިޓީގެ ފަރާތުން ފުރަތަމަ ލަނޑު ޖެހީ ފިލް ފޯޑެންއެވެ. އަދި ދެވަނަ ލަނޑު ޖެހީ ސަވީނިއޯއެވެ.

ދެ ޓީމުގެ ކޯޗުންވެސް މި މެޗުތަކަށް ވަނީ އާންމުކޮށް ނެރޭ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެއީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީއެވެ. ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ މިކަމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާވާ ކަމަށް ފާހަގަކޮށްފައެވެ.

މި މެޗުތަކުން މޮޅުވުމާއެކު ދެ ޓީމުވެސް ވަނީ މުބާރާތުގެ ހަތަރުވަނަ ބުރަށް ގޮސްފައެވެ. އާސެނަލް އާއި ދެކޮޅަށް ހަތަރުވަނަ ބުރުގައި ކުޅޭނީ ބްރައިޓަންއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީ އީއެފްއެލް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 2 ދުވަސް ކުރިންއެއްވަނައިގައި އާސެނަލް އަށް އޮވެވެނީ ހަމަކިރިޔަކިރިޔާ، މިފަހަރު އިނދިކޮޅުޓީމުން ބައިކޮށް ދެގޯލުޖަހައިގެންކުޅިވަރު | 6 ދުވަސް ކުރިންކުޅުނު ހުރިހާ މެޗަކުން މޮޅުވެ އާސެނަލް ޗެންޕިއަންސް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 9 ދުވަސް ކުރިންސަންޑަލޭންޑް ބަލިކޮށް ސިޓީއިން އެއްވަނައިގައިވާ އާސެނަލް އާއި އެންމެ ދެ ޕޮއިންޓާ ގާތަށްކުޅިވަރު | 13 ދުވަސް ކުރިން