logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފި

އައިޝަތު ނަޝާ
25 ސެޕްޓެމްބަރު 2025 - 10:08
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފިއެވެ. މި ގަވާއިދަކީ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރަންޖެހޭ ޤަވާއިދެކެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދުގައިވާގޮތުން އެ ކޮމިޝަނަށް އައްޔަންކުރާ މެންބަރުންގެ އިންތިޚާބަށް ހުޅުވައިލުމުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން 10 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެ މުއްދަތުގައި ނަން ހުށަހަޅާ ފަރާތްތަކަށް 48 ގަޑިއިރު ތެރޭގައި ޖަވާބުދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާނީ 4 މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ގަވާއިދުގައިވާގޮތުން އިންތިޚާބުގައި މެންބަރުންނަށް ވޯޓުދިނުންވެސް ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ. އެގޮތުން ބްރޯޑްކާސްޓަރުންނަށް ވޯޓުދެވޭނީ އެ ދާއިރާއިން އިންތިޚާބުކުރާ ދެ މެންބަރުންނަށެވެ. އަދި އެހެނިހެން މީޑިއާތަކަށް ވޯޓުދެވޭނީ އެ މީޑިއާތައް ތަމްސީލުކުރައްވާ 2 މެންބަރުންނަށެވެ.

މި އިންތިޚާބުގައި ވޯޓުލާން ކޮންމެ މީޑިއާއަކުން ފޮނުވޭނީ އެކަކު ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ފޮނުވާ މީހަކު ކުންފުނިން ނުވަތަ މީޑިއާއިން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެން އިންތިޚާބުތަކާއެއްގޮތަށް މި އިންތިޚާބުގައިވެސް ވޯޓުލެވޭ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރާނެއެވެ. އަދި ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމަށްފަހު އެ ޝަކުވާތަކަށް ބަލައި، ފައިނަލް ލިސްޓް އާންމު ކުރާނެއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އަލަށް އުފައްދާފައިވާ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ބާއްވާ އިންތިޚާބުގެ ތާރީޚު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެއެވެ.

އައު ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނަށް 4 މެންބަރުން އިންތިޚާބު ކުރާއިރު އިތުރު 3 މެންބަރުން އައްޔަން ކުރާނީ އާންމުކޮށް ހުޅުވާލައިގެން، ރައްޔިތުންގެ މަޖިލީހުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީ-ރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވަނީޚަބަރު | 2 ގަޑިއިރު ކުރިންރީ-ރަޖިސްޓްރޭޝަނަށް ބާކީ ދެ ދުވަސްޚަބަރު | ދުވަހެއް ކުރިންޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިޚަބަރު | 3 ދުވަސް ކުރިންކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން ފަށައިފިޚަބަރު | 3 ދުވަސް ކުރިން